Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އެޗްޕީވީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ރާއްޖޭގައި ފަށައިފި

ރާއްޖޭގައި އެޗްޕީވީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފިއެވެ.

މިކަމަށްޓަކައި ތާޖުއްދީން ސްކޫލްފައި ބޭއްވި ރަސްމިއްޔާތުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވީ މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

އުމުރުން 10 އަހަރާއި 14 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް މި ވެކްސިން ދޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ދުނިޔޭގައި ކޮންމެ ދެ މިނެޓަކުން އަންހެނަކު ސާވިކަލް ކެންސަރުގެ ސަބަބުން މަރުވާއިރު އެޗްޕީވީ ވައިރަސް އަކީ މި ކެންސަރު ޖެހުމަށް ވަރަށް ބޮޑަށް މަގުފަހިވާކުރުވާ އަދި ކެންސަރު ޖެހުމަށް ވެސް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ އެއްޗެއް ކަމަށެވެ.

އެގޮތުން މިއަދު ރާއްޖެއަށް ތައާރަފު ކުރެވިގެން މިދިޔަ ވެކްސިނަކީ މިފަދަ ނުރައްކާތެރި ބައްޔަކުން ސަލާމަތް ވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ވަނީ ތިން ކުއްޖަކަށް ވެކްސިން ދިނުމަށްފަހު އެކުދިންނާ އެކަމާ ގުޅޭ ލިޔުން ހަވާލުކޮށްފައެވެ. ލިޔުން ހަވާލުކޮށްދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

އެޗްޕީވީ ވެކްސިން ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.