Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ވިސާއާއި ނުލައި ދިވެހިންނަށް ތައިލޭންޑަށް ދެވޭ ގޮތް ހަމަޖެހިއްޖެ

ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޤައުމަށް އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ވިސާއާއި ނުލައި ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑްގައި ދިވެހިންނަށް ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ތައިލެންޑްގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށްވެސް ފަސޭހަކަމާއިއެކު ދިވެހިންނަށް ޒިޔާރަތްކުރޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.