Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

"ޑޯރާ އެންޑް ދަ ލޮސްޓް ސިޓީ އޮފް ގޯލްޑް"ގެ ޓްރެއިލާ ދައްކާލައިފި

ނިކެލޯޑިއަން ޗެނަލް އިން މަޝްހޫރުވެގެންދިޔަ ކެރެކްޓާއެއް ކަމުގައިވާ ޑޯރާގެ ލައިވް އެކްޝަން ރީމޭކް، "ޑޯރާ އެންޑް ދަ ލޮސްޓް ސިޓީ އޮފް ގޯލްޑް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ޑޯރާގެ ހައި ސްކޫލް އަހަރުތަކުގައި ވާ ކަންތައްތަކާއި، ޑޯރާގެ ކުރިއަށް އޮތް ޓްރެޝާ ހަންޓްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޖޭމްސް ބޮބިން ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ޓައިޓަލް ރޯލް އަދާކުރާނީ އިޒަބެލާ މޯނަރ އެވެ. މީގެ އިތުރުން ޔުޖީނިއޯ ޑާބެޒް އާއި މައިކަލް ޕޭނާ އާއި އީވާ ލޮންގޯރިއާގެ އިތުރުން ޑެނީ ޓްރެޖޯ އާއި ބެނީސިއޯ ދެލް ތޯރޯ ވެސް ސަޕޯޓިންގ ރޯލްތަކުން ފެނިގެންދާނެ އެވެ.

މި ފިލްމް ޕްރޮޑިއުސްކޮށްފައި ވަނީ ޕެރަމައުންޓް ޕްލޭޔާސް އާއި ވޮލްޑެން މީޑިއާ އަދި ނިކެލޯޑިއަން މޯވީސް އިން ކަމުގައިވާއިރު، ފިލްމް ޑިސްޓްރިބިއުޓްކުރާނީ ޕެރެމައުންޓް ޕިކްޗާސް އިންނެވެ.

"ޑޯރާ އެންޑް ދަ ލޮސްޓް ސިޓީ އޮފް ގޯލްޑް" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އެވެ.