Last Updated: May 8, 20:25
Wednesday, May 8, 2024
މުނިފޫހިފިލުވުން

15 ވަނަ ސީޒަނަށްފަހު "ސުޕާނެޗުރަލް" ނިންމާލަނީ

މަޝްހޫރު ފެންޓަސީ ޓީވީ ސީރީސްއެއް ކަމުގައިވާ "ސުޕާނެޗުރަލް"، 15 ވަނަ ސީޒަނާއެކު ހުއްޓާލުމަށް ނިންމައިފި އެވެ.

އެރިކް ކްރިޕްކޭ އުފައްދާފައިވާ މި ސީރީސްގައި ޑީމަންސް އާއި ޖިންނިފަދަ ރޫހާނީ އެއްޗެހި ހޯދާ ވިންޗެސްޓަރ ދެބެންގެ ރޯލުން ފެނިގެންދަނީ ޖެރެޑް ޕެޑަލެކީ އާއި ޖެންސެން އެކަލްސް އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ މެސެޖެއްގައި، އެ ދެ ތރިން ވަނީ ކޯ-ސްޓަރ މިޝާ ކޮލިންސް އާއެކު ސީރީސް ނިމުމަކަށް އަންނަން އުޅޭކަމުގެ ޚަބަރު އިއުލާންކޮށްފަ އެވެ.

https://www.instagram.com/p/BvUwKzVAhoU/

އެ ވީޑިއޯގައި އެކަލްސް ބުނެފައި ވަނީ 15 ސީޒަނަށް ކާސްޓުންނާއި ފޭނުން ވެސް އިންތިޒާރުކުރަމުން އަންނައިރު، އެ ސީޒަން ވެގެންދާނީ ޝޯގެ ފިނާލޭ އަށް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީރީސްގެ ފައިނަލް ސީޒަންގައި 20 އެޕިސޯޑް ހިމެނޭނެ އެވެ.

މި ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންނަކީ ރޮބާޓް ސިންގަރ، އެންޑްރޫ ޑެބް، ފިލް އެސްގްރިޗާ، ޖެރެމީ ކާވަރ، ޔުޖީނީ ރޮސް-ލެމިންގ އަދި ބްރެޑް ބަކްނަރ ކަމުގައިވާއިރު، "ސުޕާނެޗުރަލް"ގެ ފުރަތަމަ ސީޒަން ޕްރިމިއަރ ކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު އެވެ.