Last Updated: July 15, 00:26
Monday, July 14, 2025
ޚަބަރު

ކުޅުދުއްފުށީ "ފިނިފެންމާ" ދޯނީގައި އަލިފާން ރޯވެއްޖެ

ހދ. ކުޅުދުއްފުށީ އޮޑި އެހެލާ ސަރަޙައްދުގައި އޮތް ދޯންޏެއްގައި ރޯވެގެން އެމްއެންޑީއެފް އިން ޙަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސަރަޙައްދުގައި އެހެލާފައި އޮތް "ފިނިފެންމާ" ނަމަކަށް ކިޔާ ދޯންޏެއްގައި ރޯވެފައިވާ ކަމަށާޢި، އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:06 ގައި ކަމަށެވެ.

އަދި އެމްއެންޑީއެފްގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަން އިން ކުރި މަސައްކަތުން އެ ހާދިސާގައި ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ވަނީ މިރޭ 19:49 ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.