Last Updated: April 18, 22:36
Thursday, April 18, 2024
މުނިފޫހިފިލުވުން

"ގޯޑްޒިލާ: ކިންގް އޮފް ދަ މޮންސްޓާސް"ގެ އާ ޓްރެއިލާއެއް ދައްކާލައިފި

"ގޯޑްޒިލާ: ކިންގް އޮފް ދަ މޮންސްޓާސް"ގެ އާ ޓްރެއިލާއެއް ނެރެފައިވާއިރު، އެ ޓްރެއިލާގައި ފިލްމްގެ ފުޓޭޖްގެ އިތުރުން ވިޒާޑް އޮފް އޮޒީގެ ލަވަ "އޯވާ ދަ ރެއިންބޯ" ވަނީ އެއްކޮށްފައެވެ.

އެ ފިލްމަކީ 2014 ވަނަ އަހަރު ނެރުނު ގޯޑްޒިލާ ފިލްމްގެ ސީކުއެލް އެވެ. މި ފިލްމަކީ ވޯނަރ ބްރޯސްގެ މޮންސްޓަރވާސްގެ ތިންވަނަ ފިލްމެވެ.

މި ފިލްމްގައި ގޯޑްޒިލާ އާއި ދެކޮޅަށް މަސައްކަތްކުރާނީ ރޯޑަން، މޮތްރާ އަދި ތިން ބޯ ހުންނަ ކިންގް ޣިދޯރާ އެވެ. އާ ޓްރެއިލާއިން ފެނިގެންދާ ގޮތުގައި ދުނިޔެ ސަލާމަތްކުރުމަށްޓަކައި އިންސާނުންނާއި ގޯޑްޒިލާ އެކުގައި މަސައްކަތްކުރާނެ އެވެ.

މައިކަލް ޑަގާޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ކައިލް ޗޭންޑްލަރ އާއި ވޭރާ ފާމިގާ އާއި މިލީ ބޮބީ ބްރައުން އަދި ބްރެޑްލީ ވިޓްފޯޑް އާއި ސެލީ ހޯކިންސްގެ އިތުރުން ޗާލްސް ޑޭންސް އާއި ތޯމަސް މިޑިލްޑިޗް އަދި އައިޝާ ހިންދްސް އާއި އޯޝިއާ ޖެކްސަން ޖޫނިއަރ، އަދި ޑޭވިޑް ސްޓްރެޓްހެއާން އާއި ކެން ވަޓަނަބީ އަދި ޒޭންގް ޒީ ވެސް ފެނިގެންދާނެ އެވެ.

"ގޯޑްޒިލާ: ކިންގް އޮފް ދަ މޮންސްޓާސް" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.