Last Updated: April 16, 23:13
Tuesday, April 16, 2024
މުނިފޫހިފިލުވުން

"ކަލަންކް"ގެ ޓައިޓަލް ލަވަ ނެރެފި

ފިލްމްގެ ކެރެކްޓާތަކުގެ ޕޯސްޓަރުތަކުން ފޭނުންގެ މަޤްބޫލްކަން ހޯދުމަށްފަހު، ބޮލީވުޑްގެ ތަރި އާލިއާ ބަޓް، އޭނާގެ އެންމެ ފަހުގެ ފިލްމް "ކަލަންކް"ގެ ޓައިޓަލް ލަވަ ދައްކާލައިފި އެވެ.

މިއީ މި ފިލްމްގެ ތިންވަނަ ލަވައެވެ. މީގެ ކުރިން ވަނީ ފިލްމްގެ ދެ ލަވައެއް ނެރެފައެވެ. އެއީ 'ގަރް މޯރޭ ޕަރްދޭސިޔާ' އާއި 'ފަސްޓް ކްލާސް' އެވެ.

"ކަލަންކް ނެހީ އިޝްޤް ހޭ"ގެ ނަމުން ނަން ދީފައިވާ މި ލަވަ ކިޔެފައި ވަނީ އަމިތާބް ބަޓަރްޗާރްޔާ ކަމުގައިވާއިރު، ލަވަ ކިޔައިދީފައި ވަނީ އަރިޖީތު ސިންގް އެވެ. އަދި ލަވައިގެ މިއުޒިކް ކޮމްޕޯޒްކޮށްދީފައި ވަނީ ޕްރީތަމް އެވެ.

މި ލަވައިން އާލިއާ އާއި ވަރުން ދަވަން، މާދުރީ ދިކްޝިތު އަދި ސަންޖޭ ދަތު އާއި އަދިތުޔަ ރޯއި ކަޕޫރް އަދި ސޮނާކްޝީ ސިންހާވެސް ފެނިގެންދެއެވެ.

1940ގެ އަހަރުތަކުގައި ސެޓްކޮށްފައިވާ މި ފިލްމްގެ ކާސްޓަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މީގެ ކުރިން "2 ސްޓޭޓްސް"ގައި އާލިއާ އާއެކު މަސައްކަތްކުރި އަބީޝޭކް ވަރްމަން ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އެވެ. ފިލްމް ޕްރޮޑިއުސްކޮށްފައި ވަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އިންނެވެ.