Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

އެމީ ޖެކްސަން އަށް ކުއްޖަކު ލިބެނީ

ބޮލީވުޑް އެކްޓްރެސް އެމީ ޖެކްސަން ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާންކޮށްފި އެވެ.

އެމީ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖް ޕަނަޔޯޓޫ އަށް ކުއްޖަކު ލިބެން އުޅޭކަމުގެ ޚަބަރު އިއުލާންކޮށްފައި ވަނީ އެމީގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. އެމީ އާއި ޖޯޖް އެންގޭޖްވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

https://www.instagram.com/p/BvqigfhhAi8/

އެމީ ބަލިވެއިންކަން އިއުލާންކޮށްފައި ވަނީ މަންމަމެންގެ ދުވަހާއި ގުޅުވައިގެންނެވެ. އިނގިރޭސިވިލާތުގައި މަންމަމެންގެ ދުވަސް ފާހަގަކުރަނީ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

އެމީ އާއި ޖޯޖް ރައްޓެހިވެގެން އުޅޭތާ މިހާރު ހަތަރު އަހަރުވެފައިވާއިރު، އެމީހުންގެ ކައިވެނި އޮންނާނީ އަަންނަ އަހަރު ގްރީސްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޝަންކަރް ޕެނިކަރ ޑައިރެކްޓްކުރި ފިލްމް "2،0" އިންނެވެ. އެ ފިލްމްގައި އިންޑިއާގެ އެންމެ ބޮޑު ދެ ތަރިން ކަމުގައިވާ ރަޖްނިކާންތު އާއި އަކްޝޭ ކުމާރް ވަނީ ޙަރަކާތްތެރިވެފަ އެވެ. އެ ފިލްމް ވަނީ ބޮކްސް އޮފީހުގައި 800 ކްރޯޑް ރުޕީސް ހޯދާފައެވެ.