Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

ހީނާ ޚާން އާއިލާ އާއެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ

ހީނާގެ އިންސްޓަގްރާމް ސްޓޯރީ އިން ނަގާފައިވާ ސްކްރީންޝޮޓެއް -

ސްޓާޕްލަސް އިން ގެނެސްދޭ "ކަސޯޓީ ޒިންދަގީ ކީ" ގައި ކޮމޮލިކާގެ ރޯލް އަދާކުރާ ހީނާ ޚާން، އޭނާގެ މައިންބަފައިންނާއި ފިރިހެން ކޮއްކޮ އާއެކު ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އަތުވެއްޖެ އެވެ.

ހީނާ އާއި އޭނާ އާއިލާ ރާއްޖެ އައިސްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ތާޖް އެގްޒޯޓިކާ ރިސޯޓު އެންޑް ސްޕާ މޯލްޑިވްސް ގައެވެ.

ހީނާ ވަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުގެ ގިނަ ވީޑިއޯތަކެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީ އަށް އަޕްލޯޑްކޮށްފަ އެވެ.

ހީނާ އަކީ އިންޑިއާގެ އެންމެ މުސާރަ ބޮޑު އެއް ޓީވީ އެކްޓްރެސް އެވެ. އަންނަ އޭޕްރީލް މަހު ކަސޯޓީގެ ޝޫޓިންގ ނިންމާލުމަށްފަހު، ހީނާ ފިލްމެއްގެ ޝޫޓިންގ ފަށާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި މި އަހަރުގެ ކޭންސް ފިލްމް ފެސްޓިވަލުން ވެސް އޭނާ ފެނިގެންދާނެ އެވެ.

ހީނާ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައި ވަނީ ސްޓާ ޕްލަސް އިން ގެނެސްދެމުން އަންނަ "ޔޭ ރިޝްތާ ކްޔާ ކެހެލާތާ ހޭ"ގައި އަކްޝަރާގެ ރޯލުންނެވެ.

އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ވެސް ޗުއްޓީ އަށް ރާއްޖެ އައިސްފައެވެ. އެފަހަރު ހީނާ އައީ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކު އެވެ. އެ ދެމީހުން އެފަހަރު ތިބީ ޖުމެއިރާ ވިއްޓަވެލި މޯލްޑިވްސް ރިސޯޓުގައެވެ.