Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މަދިރި މަދުކުރުމަށް ފޭދޫގެ ޗަކަ ބިންތަކަށް ފަސް އަޅަނީ

ފޭދޫގެ މަތިރި ނައްތާލުމަށް ސިޓި ކައުންސިލުން ކުރެވުނު މަސައްކަތުގެ ތެރެއިން : ފޮޓޯ- އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީ ފޭދޫ އަވަށުގައި ވާރޭ ވެހޭ ދުވަސްތަކުގައި ފެންބޮޑުވުމާއި މަދިރި ފަނި އުފެދި މަދިރީގެ އުނދަގޫ އާންމުންނަށް ދިމާވާ ބައެއް ޗަކަ ބިންތަކަށް ފަސް އެޅުމުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލުން ފަށައިފި އެވެ.

އައްޑޫގެ އެކި ރަށްތަކަށް ބަލާއިރު، އައްޑޫސިޓީ ފޭދޫއަކީ ވިއްސާރަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެ ފެން ބޮޑުވާ އެއް ރަށެވެ. އަދި ފެންބޮޑުވާ ދުވަސްތަކުގައި މަދިރީގެ އުނދަގޫ އެންމެ ބޮޑަށް ދިމާވާ ރަށްތަކުގެ ތެރެއިން ފޭދޫ ހިމެނޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ފޭދުއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ފޭދޫގައި ފެންބޮޑުވެގެން ގެއްލުން ލިބޭ ސަރަޙައްދުގައި ދިރިއުޅެމުންދާ މީހުން އެދުނީ މަދިރި މަދުކުރުމުގެ ގޮތުން ޗަކަ ބިންތަކަށް ވެލި އަޅައިގެން އެތަންތަން ބަރައި ދިނުމަށެވެ.

މިކަން މިހެން ކުރުމުގެ އަމަލީ މަސައްކަތް މިއަދު އައްޑޫސިޓި ކައުންސިލުން ފަށާފައިވާއިރު، އެރަށުގެ އަލައޮޅު ހައްދާ ސަރަޙައްދުތަކުގެ އޮޅުތަކަށް ފަސް އެޅުމުގެ މަސައްކަތް މިއަދު ކޮށްފައިވެ އެވެ.

މި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ އެހީތެރިކަމާއެކުގައެވެ.