Last Updated: April 19, 22:45
Saturday, April 20, 2024
މުނިފޫހިފިލުވުން

ބަފްޓާގެ ފަސް އެވޯޑަކާއެކު އެންމެ މޮޅު ގޭމްއަކަށް "ގޯޑް އޮފް ވޯ"

ސޮނީ ސަންޓާ މޮނިކާގެ "ގޯޑް އޮފް ވޯ" އިން ބްރިޓިޝް އެކަޑެމީ އެވޯޑްސް (ބަފްޓާ) ގެ އެންމެ މޮޅު ގޭމްގެ މަގާމް ހޯދިއިރު އެ ގޭމުން ވަނީ އެ ހަފްލާގައި ފަސް އެވޯޑެއް ހާސިލްކޮށްފައެވެ.

ލަންޑަންގެ ކުއީން އެލިޒަބެތު ހޯލްގައި އިއްޔެ ބޭއްވި 2019 ވަނަ އަހަރުގެ ބްރިޓިޝް އެކަޑެމީ ގޭމްސް އެވޯޑްސްގެ އެންމެ މޮޅު ގޭމްގެ އެވޯޑް ހޯދި "ގޯޑް އޮފް ވޯ" ވަނީ މީގެކުރީން ސެން ފްރާންސިސްކޯގައި ބޭއްވުނު ގޭމް ޑިވެލޮޕާސް ޗޮއިސް އެވޯޑްސްގެ އިތުރުން ލަސްވެގާސްގައި ބޭއްވި 22 ވަނަ އަހަރީ ޑައިސް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ގޭމްގެ އެވޯޑްވެސް ހޯދައިފައެވެ. އެގޮތުން އެ ހަފްލާގައި އެ ގޭމުން ވަނީ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އިން އާޓް ޑިރެކްޝަން އަދި އެޑްވެންޗަރ ގޭމް އޮފް ދަ އިޔާ އެވޯޑާއެކު ޖުމްލަ 8 އެވޯޑެއް ހާސިލްކޮށްފައެވެ.

ބަފްޓާ އެވޯޑްސްގައި ރަން ވަނަތައް ހޯދި އިތުރު ގޭމްތަކުގެ ތެރޭގައި، ލޫކަސް ޕޯޕްގެ ނޯޓިކަލް މާޑަރ މިސްޓަރީ "ރިޓާން އޮފް ދަ އޯބްރާ ޑިން" ވަނީ އާޓިސްޓިކް އެޗީވްމަންޓް އަދި ގޭމް ޑިޒައިން އާއެކު ދެ އެވޯޑެއް ހާސިލްކޮށްފައެވެ. ނިންޓެންޑޯ ލާބޯ އިން ފެމިލީ އެންޑް ގޭމް އިނޮވޭޝަން އެވޯޑް ހޯދިއިރު އެޕިކް ގޭމްސްގެ މިހާރު އެންމެ މަޝްހޫރު ގޭމްކަމުގައިވާ "ފޯޓްނައިޓް" ވަނީ ބެސްޓް އިވޯލްވިންގ ގޭމްގެ އެވޯޑް ހޯދައިފައެވެ.

މީގެއިތުރުން، "އޯލްޑް ސްކޫލް ރޫންސްކޭޕް" ވަނީ މުޅިން އަލަށް ތައާރަފްކުރި އީއީ މޮބައިލް ގޭމް އޮފް ދަ އިޔާ އެވޯޑް ހޯދައިފައެވެ. މިއީ އާއްމުންގެ ވޯޓަކުން ބަފްޓާ އެވޯޑްސްގައި ދޭ ހަމައެކަނި އެވޯޑެވެ.

މި ހަފްލާގައި އެވޯޑް ދިން ކެޓަގަރީތަކުގެ ތެރޭގައި:
އާޓިސްޓިކް އެޗީވްމަންޓް:
"ޑިޓްރޮއިޓް: ބިކަމް ހިއުމަން"
"ގްރިސް"
"ގޯޑް އޮފް ވޯ"
"މާވެލްސް ސްޕައިޑަރމޭން"
"ރެޑް ޑެޑް ރިޑެމްޝަން 2"
"ރިޓާން އޮފް ދަ އޯބްރާ ޑިން"

އޯޑިއޯ އެޗީވްމަންޓް:
"ބެޓްލްފީލްޑް 5"
"ޑިޓްރޮއިޓް: ބިކަމް ހިއުމަން"
"ގޯޑް އޮފް ވޯ"
"މާވެލްސް ސްޕައިޑަރމޭން"
"ރެޑް ޑެޑް ރިޑެމްޝަން 2"
"ޓެޓްރިސް އިފެކްޓް"

ބެސްޓް ގޭމް:
"އެސޭސިންސް ކްރީޑް އޮޑިސޭ"
"އެސްޓްރޯ ބޮޓް: ރެސްކިއު މިޝަން"
"ގޯޑް އޮފް ވޯ"
"ސެލެސްޓޭ"
"ރެޑް ޑެޑް ރިޑެމްޝަން 2"
"ރިޓާން އޮފް ދަ އޯބްރާ ޑިން"

ބްރިޓިޝް ގޭމް:
"11-11: މެމޮރީސް ރިޓޯލްޑް"
"ފޯޒާ ހޮރައިޒަން 4"
"ރެޑް ޑެޑް ރިޑެމްޝަން 2"
"ދަ ރޫމް: އޯލްޑް ސިންސް"
"އޯވަރކުކްޑް 2"
"ޓޫ ޕޮއިންޓް ހޮސްޕިޓަލް"

ޑެބިއުޓް ގޭމް:
"ބީޓް ސޭބަރ"
"ކަލްޓިސްޓް ސިމިއުލޭޓަރ"
"ޑޯނަޓް ކައުންޓީ"
"ފްލޮރެންސް"
"ގްރިސް"
"ޔޯކޫސް އައިލެންޑް އެކްސްޕްރެސް"

އިވޯލްވިންގ ގޭމް:
"ޑެސްޓިނީ 2: ފޯރސޭކަން"
"އެލީޓް ޑޭންޖަރަސް: ބިޔޯންޑް"
"ފޯޓްނައިޓް"
"އޯވަރވޮޗް"
"ސީ އޮފް ތީވްސް"
"ޓޮމް ކްލެންސީސް ރެއިންބޯ ސިކްސް ސީޖް"

ގޭމް ޑިޒައިން:
"އެސްޓްރޯ ބޮޓް: ރެސްކިއު މިޝަން"
"ސެލެސްޓޭ"
"ގޯޑް އޮފް ވޯ"
"އިންޓު ދަ ބްރީޗް"
"މިންއިޓް"
"ރިޓާން އޮފް ދަ އޯބްރާ ޑިން"

ގޭމް އިނޮވޭޝަން:
"އެސްޓްރޯ ބޮޓް: ރެސްކިއު މިޝަން"
"ސެލެސްޓޭ"
"ކަލްޓިސްޓް ސިމިއުލޭޓަރ"
"މޮސް"
ނިންޓެންޑޯ ލާބޯ ޑިވެލޮޕްމަންޓް ޓީމް – ނިންޓެންޑޯ އީޕީޑީ / ނިންޓެންޑޯ
"ރިޓާން އޮފް ދަ އޯބްރާ ޑިން"

މޯބައިލް ގޭމް:
"އަލްޓޯސް އޮޑިސޭ"
"ބްރޯލް ސްޓާޒް"
"ޑޯނަޓް ކައުންޓީ"
"ފްލޮރެންސް"
"ރެއިންސް: ގޭމް އޮފް ތްރޯންސް"
"ދަ ރޫމް: އޯލްޑް ސިންސް"

މަލްޓި ޕްލޭޔާ:
"އަ ވޭ އައުޓް"
"ބެޓްލްފީލްޑް 5"
"އޯވަރކުކްޑް 2"
"ސީ އޮފް ތީވްސް"
"ސުޕަ މާރިއޯ ޕާޓީ"
"ސުޕަ ސްމޭޝް ބްރޯސް އަލްޓިމޭޓް"

އީއީ މޯބައިލް ގޭމް އޮފް ދަ އިޔާ (އާއްމުންގެ ވޯޓުން ހޮވި):
"ބްރޯލް ސްޓާޒް"
"ކްލޭޝް ރޯޔޭލް"
"ފޯޓްނައިޓް"
"އޯލްޑް ސްކޫލް ރޫންސްކޭޕް"
"ޕޮކެމޮން ގޯ"
"ރޮބްލޮކްސް"