Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ވަރޫންގެ ލޯބިވެރިޔާއަށް މަރުގެ އިންޒާރުދިން މީހާއާއި ދެކޮޅަށް ދައުވާކޮށްފި

މަޝްހޫރު އެކްޓަރު ވަރޫން ދަވަންގެ ލޯބިވެރިޔާ ނަތާޝާ ދަލާލްއަށް މަރުގެ އިންޒާރުދިން ވަރޫންގެ އަންހެން ސަޕޯޓަރުއާއި ދެކޮޅަށް ފުލުހުން ދައުވާ ކޮށްފިއެވެ.

މި ދައުވާ ކޮށްފައިވަނީ އިންޒާރުދިންތާ 2 ދުވަސް ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ވަރޫންގެ ސަޕޯޓަރުވަނީ އޭނާގެ ގޭގެ ކުރިމަތީގައި ހަޅޭއްލަވާ އާއިލާ މެމްބަރުންނާއި ދިމާލަށް އެއްޗެހި ކިޔާ ވަރޫންގެ ލޯބިވެރިޔާ މަރާލާނެ ކަމަށްބުނެ އަމިއްލައަށް މަރުވާންވެސް މަސައްކަތް ކޮށްފައެވެ.

ފުލުހުން މި އަންހެން މީހާއާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ އިން އިންޑިއަން ޕެނަލް ކޯޓުގެ 504 ވަނަ މާއްދާގެ ދަށުންނެވެ. ސެންޓަކްރޫޒްގެ ޕޮލިސް އޮފިސަރުން ބުނެފައިވާ ގޮތުގައި އަރްޗަނާ ދާންގޭ ނަމަކަށް ކިޔާ އަންހެން މީހާ މި އަމަލު ހިންގާފައިވަނީ މިދިޔަ ހުކުރުދުވަހުގެ ވަގުތެއްގައެވެ.

މިފަދަ ހާދިސާތަކާއި މަދުން ނަމަވެސް މަޝްހޫރު ތަރިންނާއި ކުރިމަތިވެއެވެ.