Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

މަރަދޫ އަވަށް ސާފު ކުރުމުގެ ހަރަކާތެއް ހޮނިހިރު ދުވަހު ބާއްވަނީ

އައްޑޫސިޓީ މަރަދޫ އަވަށް ސާފުކުރުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން މިމައްސަލަ ފާސްކުރެއްވީ މިއަދު ބޭއްވުނު ކައުންސިލްގެ 3 ވަނަ ދައުރުގެ 88 ވަނަ ރަސްމީ ބައްދަލުވުމުގައެވެ.

މިހަރަކާތަކީ މަރަދޫ އަވަށު އޮފީހުގެ އިސްނެގުމާއެކު އެއަވަށުގެ އެކި ސަރަހައްދުތަކުގައި އުފެދިފައިވާ ކުނިތައް ނަގައި ސާފުކޮށް، ޑެންގީ ފަދަ ބަލިތައް ފަތުރާ މަދިރި އާލާވާތަންތަން ނައްތައި ރަށުތެރެ ޒީނަތްތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މިހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޑީ.އެފް އާއި ޕޮލިހާއި ސްކޫލުތަކާއި މަރަދޫ ސިއްޙީ މަރުކަޒާއި ކައުންސިލާއި ގުޅިގެންނެވެ. ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 6:30 ގައި މަރަދޫ އަވަށު އޮފީސް ކުރިމަތިންނެވެ.