Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ކުޅީގެ ދިރާސާއެއް ހެދުމަށް ބޭރުގެ ތަޖުރިބާކާރުންގެ ޓީމެއް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީ ކުޅީގެ ދިރާސާއެއް ހެދުމަށް ބޭރުގެ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުއްޓަށް -

ކުޅުދުއްފުށީ ކުޅީގެ ދިރާސާއެއް ހެދުމަށް ބޭރުގެ ތަޖުރިބާކާރުންގެ ޓީމެއް ކުޅުދުއްފުއްޓަށް ހިނގައްޖެއެވެ.

އެޓީމުގައި އެންވަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބުދުﷲ ނަސީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދުނިޔޭގެ ކުޅި، ފާ، އަދި ޗަސްބިން ފަދަ ތަންތަން ހިމާޔާތްކުރުމަށް މަސައްކަތް ކުރާ ބައިނަލް އަގްވާމީ ޖަމިއްޔާއެއްކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ މި ޓީމުގައި ކެނެޑާ، އެމެރިކާ، ތައިލެންޑް ފަދަ ގައުމުތަކުގެ ސައިންސްވެރިން ހިމެނެ އެވެ. އަދި އީޕީއޭގެ ބޭފުޅުންވެސް މި ޓީމުގައި ހިމެނެ އެވެ.

ކުޅުދުއްފުށީގެ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓް ތަރައްގީކޮށްފައިވާއިރު އެތަނުގެ ބާކީ ބައި ހިމާޔާތް ނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީ ޤުދުރަތީ ވެއްޓަށް ދަނީ ހީނުކުރާހާ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

ކުޅީގެ ބާކީ ބައި ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރިކުރުމަށް މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އެހީ މިނިސްޓްރީން ވަނީ ހޯދާފަ އެވެ. މި ޓީމުން ކުޅުދުއްފުށީ ކުޅީގެ ދިރާސާތަކެއް ހަދާނެއެވެ.