Last Updated: May 8, 06:04
Wednesday, May 8, 2024
ކުޅިވަރު

ކޮސްޓާ 8 މެޗަށް ސަސްޕެންޑް ކޮށްފި

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕޭންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ 8 މެޗަށް ސަސްޕެންޑް ކޮށްފިއެވެ.\

ސްޕޭންގެ ފުޓްބޯޅަ އިދާރާ އިން ކޮސްޓާ 8 މެޗަށް ސަސްޕެންޑް ކޮށްފައިވަނީ ސްޕެނިޝް ލީގުގައި އެންމެފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅެ 2-0 އިން އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގައި ރެފްރީއާ ދިމާލާކަށް ބުނި ހުތުރު އެއްޗެއްގެ ސަބަބުންނާއި ރެފްރީގެ އަތުގައި ހިފި މައްސަލަ ސާބިތުވުމުންނެވެ.

ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ކޮސްޓާ އަށް ވަނީ އެ މެޗުގެ ކުރީކޮޅު ރަތްކާޑު ވެސް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ނަމަވެސް ކޮސްޓާ ވަނީ ރެފްރީއާ ދިމާލަށް ގޯސް އެއްޗެއް ނުބުނާ ކަމަށް ފަހުން ބުނެފައެވެ.

އެތްލެޓިކޯ އިން ވަނީ ކޮސްޓާ އަށް ދިން މި އަދަބު އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައެވެ.

8 މެޗަށް ކޮސްޓާ ސަސްޕެންޑް ކުރުމުން އޭނާ އަށް މިހާރު ވަނީ މި ސީޒަން ނިމިފައެވެ. އެގޮތުން މި ސީޒަނުގައި އެތްލެޓިކޯ އަށް ބާކީ އޮތީ ހަތް މެޗެވެ.

އެތްލެޓިކޯ މިވަގުތު އޮތީ ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ 11 ޕޮއިންޓު ފަހަތުން ލީގުގެ ދެވަނައިގައެވެ.