Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

"ހައުސްފުލް 4"ގައި އަކްޝޭ ފެނިގެންދާނީ ރަސްގެފާނެއްގެ ރޯލުން

ހައުސްފުލް ފިލްމް ސިލްސިލާގެ 4 ވަނަ ފިލްމްގައި އަކްޝޭ ކުމާރު ފެނިގެންދާނީ ރަސްގެފާނެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމުގައި އަކްޝޭގެ އިތުރުން ބޮބީ ޑިއޯލް އަދި ރިތޭޝް ދޭޝްމުކް ފެނިގެންދާނެއެވެ. މި ދެތަރިން މި ފިލްމުގައި ކުޅެނީ ޝާހީ ރަސްގެފާނުގެ ގަނޑުވަރުގެ ދަރުބާރުގައި އުޅޭ ދެ މީހެއްގެ ރޯލެވެ.

މި ފިލްމުގައި މިހާރުގެ ދުވަސްތަކުގެ އިތުރުން 500 އަހަރު ކުރިން އެ ތަރިންތައް ދުނިޔޭގައި އުޅުނު ކަމަށް ބުނެ ދައްކުވައިދޭ މަންޒަރުތަކެއް ވެސް ފެނިގެންދާނެއެވެ.

މި ފިލްމުގައި ފެނިގެންދާ އަންހެން ތަރިންގެ ތެރޭގައި ކްރިތީ ސެނޯން، ކްރިތީ ޚަރްބަންޑާ އަދި ޕޫޖާ ހެޖް ޕްރިންސަސްގެ ރޯލުން ފެނިގެންދާނެއެވެ. ޗަންކީ ޕާންޑޭ ފެނިގެންދާނީ ވަސްކޮޑަގާމާގެ ގެ އެއްބަނޑުމީހެއްގެ ދަރިއެެއްގެ ގޮތުގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ވަސްކޮޑަގާމާއަކީ ޕޯޗްގީޒްގެ ފުރަތަމަ ކަނޑުމަގުން އިންޑިއާއަށް ދަތުރުކުރި ލަގަބު ހޯދާފައިވާ މީހާއެވެ.

މި ސިލްސިލާގެ އެހެން ފިލްމްތަކެކޭވެސް އެއްގޮތަށް މި ފިލްމުގައި ވެސް ހެއްވާ މަޖާ ގިނަ މަންޒަރުތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ. އަދި ބެލުންތެރިންނަށް ކަމުދާނެ ފިލްމެއް ކަމަށް ވެސް ބެލެވެއެވެ.