Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އެމްޑީޕީއަށް މަޖިލީހުން ލިބުނު ކާމިޔާބީއާއިއެކު ވައުދު ފުއްދުމަށް މީހަކު 24 ގަޑިއިރު ފަތަނީ

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް 24 ގަޑިއިރު ފިރާސް ފަތަނީ: ފޮޓޯ: ޓުވިޓަރ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް 50 ގޮނޑި ކާމިޔާބު ވެއްޖެނަމަ 24 ގަޑިއިރު ނުހުއްޓި ފަތާނެކަމަށް ބުނި މއ. ލޭކް ވުޑް، ފިރާސް އަފީފް، އޭނާގެ ވައުދު ފުއްދުމަށް މާލެ ޓްރެކް ސަރަހައްދުގައި ފަތަމުން އެބަދެއެވެ.

މި ފެތުން ނިމޭގަޑިއަކި މިއަދު މެންދުރުފަހު 2:00 ގައެވެ. ފިރާސް ފަތަން ފަށާފައި ވަނީ އިއްޔެ މެންދުރު ފަހު 2:00 ގައެވެ. މިހާރު ވެސް ޓްރެކް ސަރަހައްދުގައި އޭނާ ފަތަމުން އަންނައިރު އޭނާއާއެކު ފެތުމުގައި ބައެއް މީހުން ބައިވެރިވެފައިވާއިރު، ފިރާސް އަށާއި މި ފެތުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ކުރީގެ ރައީސް ނަޝީދުވަނީ ސާބަސް ދަންނަވާފައެވެ. ފިރާސްއަކީ ފެތުރެންތެރިއެއްގެ އިތުރުން ފަތަން ދަސްކޮށްދޭ ކޯޗެއް ވެސް މެއެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީންވަނީ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.