Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދިވެހި ބަހާއި ގުޅުންހުރި ލިޔުންތައް އެއްތަނަކުން ފެންނާނެ ވެބްސައިޓެއް ހަދަނީ

ދިވެހި ބަހާއި ގުޅުން ހުރި ފޮތްތައް- ފޮޓޯ: ވީ ނިއުސް

ދިވެހި ބަހާ ގުޅުންހުރި ލިޔުންތައް އެއްތަނަކުން ފެންނާނެ ވެބްސައިޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ޤައުމީ އަރުޝީފުން ވިދާޅުވެއްޖެއެވެ.

ޤައުމީ އަރުޝީފުން ވިދާޅުވީ، ދިވެހި ބަހާ ގުޅުންހުރި ލިޔުންތައް އެއްކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށާއި، މިކަމުގެ ސަބަބުން ދިވެހި ބަހާގުޅޭ ދިރާސާކުރާ ފަރާތްތަކާއި ކިޔަވާކުދިންނާއި އަދި ނޫސްވެރިންނަށް މަޢުލޫމާތު ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.

މި ލިޔުންތައް އާއްމުކުރާ ކަލެކްޝަން ވެބްސައިޓަކީ ކޮންމެ މީހަކަށްވެސް ވަދެވޭގޮތަށް ފަރުމާކުރާ ވެބްސައިޓެކެވެ.

މިހާރު ދިވެހިބަހާ ގުޅުންހުރި ލިޔުންތައް ހޯދުމަށް ބައެއް ފަރާތްތަކަށް ދަތިތަކަކާއި ކުރިމަތިލާންޖެހެއެވެ. އެހެންކަމުން މިފަދަ ވެބްސައިޓެއް އާންމުކުރުމުން މިހާރަށްވުރެ ފަސޭހައިން ދިވެހިބަހާ ގުޅުންހުރި ލިޔުންތައް ހޯދޭނެއެވެ.