Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްރަކަށްވުމުން ކަރަންޓުގެ ލޯޑު ބޮޑުވެ މާލޭގެ ބައެއް ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑާލަންޖެހޭ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކަރަންޓު ލޯޑު ބޮޑުވެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުނު ނަމަވެސް ގިނަ ވެގެން އެއްގަޑިއިރުގެ ތެރޭގައި އެ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދޭނެ ކަމަށެވެ.

"މި ދުވަސްވަރު ގިނައިން ކަރަންޓު ބޭނުންވާ ޒާތުގެ ތަކެތި ވީހާވެސް މަދުން ބޭނުން ކުރުމަކީ މި ކުންފުނީގެ އިލްތިމާސެކެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.