Last Updated: July 3, 06:26
Friday, July 3, 2020
ޚަބަރު

ފިލްމް "ކަލަންކް" ރިލީޒް ކޮށްފި

1945 ގައި އިންޑިއާގައި ހިނގާފައިވާ ލޯބީގެ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ ހިންދީ ފިލްމް "ކަލަންކް" މިއަދު ރިލީޒްކޮށްފިއެވެ.

އަބީޝެކް ވަރްމަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި މަޝްހޫރު ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި، ސަންޖޭ ދަތު، މާދުރީ، ސޮނާކްޝީ ސިންހާ، ވަރޫން ދަވަން، އަދިތުޔާ ރޯއީ ކަޕޫރު އަދި އާލިޔާ ބަޓް ހިމެނެއެވެ. 80 މިލިއަން އިންޑިއާ ރުޕީސް ހޭދަކޮށްގެން އުފައްދާފައިވާ މި ފިލްމަކީ ގިނަ ބަޔަކަށް ކަމުދާނެ ފިލްމަކަށް ވެގެންދާނެ ކަމަށް ފިލްމުގެ ޕްރޮމޯޝަން އިވެންޓްތަކުގައި ފިލްމުގެ ތަރިން ވަނީ ބުނެފައެވެ.

ފިލްމް ރިލީޒް ކުރުމަށްފަހު ބަލާފައިވާ ފަރާތްތަކުގެ ކޮމެންޓްތަކަށް ބަލާއިރު ވެސް މިއީ ވަރަށް ރީތި ފިލްމެއް ކަމަށް ބެލެވެއެވެ. ފޮކްސް ސްޓޫޑިއޯއިން އުފައްދާފައިވާ މި ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ކަރަން ޖޯހަރު އަދި ސާޖިދު ނަޑިއަޑްވާލާއެވެ.

މި ފިލްމްގައި މާދުރީ އަދާކޮށްފައިވާ ރޯލަށް ފުރަތަމަ ސޮއި ކޮށްފައިވަނީ ސްރީދޭވީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގެ ލަވަތައް ކިޔާފައިވާ ތަރިންނަށް ބަލާއިރު، ޝްރެޔާ ގޯޝާލް، ނީތީ މޯހަން، އަރިޖީތް ސިންގް، ޖާވިދު އަލީ ފަދަ މަޝްހޫރު ލަވަކިޔުންތެރިން ހިމެނެއެވެ.