Last Updated: April 26, 06:14
Friday, April 26, 2024
ސިޔާސީ

ރިންގުރޯޑު މަޝްރޫއު ފެއްޓުމަށް ނައިބު ރައީސް ފުވައްމުލަކަށް!

ނައިބު ރައީސް ފައިސަލް ނަސީމް

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކް ސިޓީއަށް ވަޑައިގެންފަވަނީ، ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ފައްޓަވައި ދެއްވުމަށެވެ. މީގެއިތުރަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓް ހުޅުވައި ދެއްވުމަށްކަމަށްވެސް މައުލޫމާތް ލިބެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއެކު މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރޭގެ ވަގުތެއްގައި ނައިބު ރައީސް ފުވައްމުކު ސިޓީއަށް ވަޑާއިގެންނެވިއިރު، ނައިބު ރައީސަށް މަރުހަބާ ދެންނެވުމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފް އާއި އޮފީސްތަކުގެ އިސްވެރިން ބައިވެރިވެއެވެ. މީގެއިތުރުން ފުވައްމުލައް ސިޓީގެ ރައްޔިތުންވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.