Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

އިންޑިއާ އިން ޓިކްޓޮކް ބްލޮކް ކޮށްފި

އިންޑިއާގައި ޓިކްޓޮކް އެޕްލިކޭޝަން ޑައުންލޯޑް ނުކުރެވޭ ގޮތަށް ހަދައިފި އެވެ.

އެ އެޕްލިކޭޝަން އިންޑިއާގައި ބްލޮކް ކޮށްފައިވަނީ އެޕަލްގެ އެޕް ސްޓޯރ އަަދި ގޫގަލްގެ ޕްލޭ ސްޓޯރ އިން ނަގައިދިނުމަށް އިންޑިޔާގެ އިލެކްޓްރޯނިކްސް އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން، އެޕަލް އަދި ގޫގަލްގައި އެދިގެންނެވެ.

އިންޑިއާގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ޓިކްޓޮކް ބްލޮކް ކުރަން އެދުނީ އެ އެޕްގެ ސަބަބުން ޒުވާނުންނާއި ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރާ ކަމަށް ބުނެއެވެ. އަދި ޓިކްޓޮކްގައި ހުންނަ ވީޑިއޯތައް މީޑިއާތަކުގައި ބްރޯޑްކާސްޓް ނުކުރަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ވީޑިއޯތަކަށް އަޑު އަޅައި އެކްޓްކޮށް ހިއްސާކުރާ އެޕެއްގެ ގޮތުގައި މަޝްހޫރު ޓިކްޓޮކް އެޕް ބޭނުން ކުރާ އިންޑިއާ މީހުންގެ އަދަދު 120 މިލިއަނަށް އަރަ އެވެ.

ރާއްޖޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ޓިކްޓޮކް އަކީ ކުރު ވީޑިއޯތައް ނެގުމަށް ފަހު އޮންލައިންކޮށް ޝެއާ ކުރެވޭ އެޕެކެވެ.