Last Updated: July 10, 06:03
Thursday, July 10, 2025
ދީން

ވިލިމާލޭގައި އިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ރައީސް ހުޅުވައިދެއްވައިފި

މަސްޖިދުލް ބިއްރި ރައީސް ޞާލހު ހުޅުވައިދެއްވަނީ -- ފޮޓޯ / ރައީސް އޮފީސް

ވިލިމާލޭގައި ޢިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި މިސްކިތް ހުޅުއްވައިދެއްވުން އޮތީ މިއަދު މެންދުރުފަހު ވިލިމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މިސްކިތް ހުޅުއްވައިދެއްވުމަށް އެދި ދެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީއެވެ. "މަސްޖިދުލް ބިއްރި" އަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ޢަޞްރު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.