Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ލަންކާގައި އަނެއްކާވެސް ބޮމެއް ގޮވައިފި

ފޮޓޯ-ސޯޝަލް މީޑީއާ

ސްރީލަންކާގައި އަނެއްކާވެސް ބޮމެއް ގޮވައިފިއެވެ.

ސްރީލަންކާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބޮން ގޮވާފައިވަނީ ކޮލަމްބޯގެ ކޮޓެހެނާ ސަރަހައްދުގައި ހުރި ފައްޅިއެއް ކައިރީގައި އޮތް ވެހިކަލެއްގައި ހަރުކޮށްފައިވަނިކޮށް އެ ބޮން ނުގޮވާ ގޮތަށް ހަދަން އުޅެނިކޮށް ކަމަށެވެ.

މި ބޮންތަކަކީ އިއްޔެ އެ ސަރަހައްދުގައި ހުރި ފައްޅިއަކަށް ހަމަލާދިން މީހުން ބޭނުންކުރި ވޭނެއްގެ ތެރޭގައި ހުރި ބޮންތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މީގެއިތުރުން ލަންކާގެ ކޮއްޗިކަޑޭ ޗާޗް ކައިރިންވެސް ޝައްކުކުރެވޭ ޕާރްސަލެއް ފެނިގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ލަންކާގެ އެކި ސަރަހައްދުތަކަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާއިރު ގާތްގަނޑަކަށް 500 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި އަދަދުތަށް އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.