Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކަރީނާ "އަންގްރޭޒީ މީޑިއަމް"ގެ ޝޫޓިންގ ފަސްކުރީ ދަރިފުޅަށް ވަގުތު ދިނުމަށް

ފިލްމް "ވީރޭ ދީ ވެޑިންގ"އަށް ފަހު ކަރީނާ ކަޕޫރު ޚާން ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވާ ފިލްމް " އަންގްރޭޒީ މީޑިއަމް"ގެ ޝޫޓިންގ ފަސްކޮށްފައިވަނީ ދަރިފުޅަށް ވަގުތު ނުދެވޭތީ އެކަމަށް ވަގުތު ދިނުމަށްކަމަށް އިންޑިއާގެ ދުވަހު ނޫހަކުން ބުނެފިއެވެ.

މި ފިލްމުގައި ކަރީނާއާއެކު ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ އިރްފާން ޚާންއެވެ. މިވަގުތު ވެސް ކަރީނާ ދަނީ ފިލްމް" ގުޑް ނިއުސް" ގެ ޝޫޓިންގ ގައި ވަރަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

މެއި މަހު ކަރީނާގެ ދަރިފުޅުގެ ސްކޫލް ޗުއްޓީ ފެށޭތީވެ ދަރިފުޅު ތައިމޫރު އާއިއެކު ވަގުތު ހުސްކުރުމަށް ޝޭޓިންގތައް މަޑުޖައްސާލުމަށް އޭނާ ވަނީ ނިންމާފައެވެ. ބޭބޯގެ ނަމުން މަޝްހޫރު ކަރީނާވަނީ މުމްބާއީގެ ޗުއްޓީގެ ދުވަސްތައް ހޭދަކުރުމަށެވެ.

ބައެއް ނޫސްތަކުން ޗުއްޓީގައި ކަރީނާ ތައިމޫރު ގޮވައިގެން ފިލްމްގެ ޝޫޓިންގއަށް ލަންޑަނަށް ގޮސްދާނެކަމަށް ވެސް ބެލެވޭ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. "އަންގްރޭޒީ މީޑިއަމް"ގައި ކަރީނާ އަދި އިރްފާންގެ އިތުރުން އެކި ރޯލުތަކުން ރާދިކާ މަދަން އަދި ހޯމީ ފެނިގެންދާނެއެވެ.