Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އަކްޝޭގެ "ގުޑް ނިއުސް" ރިލީޒްކުރާ ތާރީޚް އިއުލާން ކޮށްފި

އަކްޝޭ ކުމާރު އަދި ކަރީނާ ކަޕޫރު ޚާންގެ މިހާރު މަސައްކަތް ކުރަމުންގެންދާ ފިލްމް "ގުޑް ނިއުސް" މިއަހަރުގެ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަކްޝޭ ބުނެފިއެވެ.

އަކްޝޭ މި ތާރީޚް އިއުލާން ކޮށްފައިވަނީ އޭނާ ކުރި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި އަކްޝޭ ވަނީ "ގުޑް ނިއުސް" އާ އަހަރަށް ރަނގަޅު ފެށުމެއް ކަމަށް ބުނެފައެވެ. އަދި 27 ޑިސެމްބަރުގައި ބައްދަލުކޮށްލާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މި ފިލްމް ކުރިން ރިލީޒް ކުރާނެ ކަމަށް ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ 6ވަނަ ދުވަހުގައެވެ.

މިއީ ހަތަރު އަހަރަށްފަހު ފަހު އަނެއްކާ ވެސް އަކްޝޭ އަދި ކަރީނާ އެކުގައި ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމުގައި މި ދެތަރިންގެ އިތުރުން ކިއާރާ އަދްވާނީ އަދި ދިލްޖީތު ދޯސަންޖު ފެނިގެންދާނެއެވެ. މިއީ ދިލްޖީތު ކަރީނާއާއިއެކު މަސައްކަތްކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން މި ދެތަރިން ވަނީ ފިލްމް"އުޅްތާ ޕަންޖާބް" ގައި އެކުގައި މަސައްކަތް ކޮށްފައެވެ.

މި ފިލްމަކީ ދަރްމާ ޕްރޮޑަކްޝަން އަދި އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން އުފައްދާ ފިލްމެކެވެ. ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރްއެވެ.