Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

މަހޭޝް ބަޓްއާއެކު މަސައްކަތް ކުރަން ފަސޭހައެއް ނުވާނެ: އާލިއާ

މަޝްހޫރު ޑައިރެކްޓަރު އަދި އޭނާގެ ބައްޕަ މަހޭޝް ބަޓްއާއެކު މަސައްކަތް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް އާލިއާ ބަޓް ބުނެފިއެވެ.

މަހޭޝްއާއެކު އާލިއާ މަސައްކަތް ކުރާ ފިލްމް ކަމަށްވާ "ސަޑަކް 2" ގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބައްޕައެއްގެ ހައިސިއްޔަތުން ހުންނަ އިރު ބައްޕަގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގުނު ކަމުގައި ވިޔަސް ޕްރޮފެޝަނަލް ގޮތަކަށް ބައްޕައާއެކު މަސައްކަތް ކުރުން އެހާ ފަސޭހަ ނުވާނެ ކަމަށް އާލިއާ ވަނީ ބުނެފައެވެ.

"އެއްވެސް ވަރަކަށް ފަސޭހައެއް ނުވާނެ ޑައިރެކްޓަރެއްގެ ގޮތުން އަހަންނަށް ބައްޕަ އެނގިފައިނުވާތީ. އެނގިފައިވަނީ ބައްޕަގެ ގޮތުން. މިއީ ފަސޭހަ މަސައްކަތަކަށް ނުވާނެ" އާލިއާ ބުންޏެވެ. އާލިއާ ވަނީ މި ފިލްމަކީ ވަރަށް ގަޔާވާ ފިލްމެއް ކަމަށް ބުނެފައެވެ.

މަހޭޝް އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވަނީ 1999 ވަނަ އަހަރު ފިލްމް" ކަރްތޫސް"އެވެ. އޭގެ ފަހުން މިއީ އޭނާ ފިލްމެއް ޑައިރެކްޓް ކުރާ ފުރަތަމަ ފަހަރެވެ. މިފިލްމް ޑައިރެކްޓް ކުރުމަށް އޭނާ ގާތުން އެދިފައިވަނީ "ސަޑަކް" ގެ ފުރަތަމަ ފިލްމްގެ ލީޑް ތަރިކަމަށްވާ ސަންޖޭއެވެ. މި ފިލްމުގައި ސަންޖޭގެ ރޯލު އަދާކުރާނީ އަދިތުޔާ ރޯއީ ކަޕޫރުއެވެ.

"ސަޑަކް 2" ސްކްރީނަށް ގެންނަން ތާވަލް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާޗްމަހުގެ 25 ވަނަ ދުވަހުއެވެ.