Last Updated: April 24, 23:11
Thursday, April 25, 2024
މުނިފޫހިފިލުވުން

ބިލްބޯޑް މިއުޒިކް އެވޯޑްސް: 12 އެވޯޑާއެކު ޑްރޭކް އަށް އިތުރު ރެކޯޑެއް

2019 ވަނަ އަހަރުގެ ބިލްބޯޑް މިއުޒިކް އެވޯޑް ހަފްލާގައި ރަންވަނަތައް ހާސިލްކުރި ޑްރޭކް ވަނީ 12 އެވޯޑާއެކު ކެރިއަރުގައި މިހާތަނަށް 27 އެވޯޑް ހަމަކުރުމަށްފަހު އެންމެ ގިނައިން މި އެވޯޑް އުފުލާލި ފަންނާނުގެ ގޮތުގައި ތާރީޚުގެތެރެއަށް ޖެހިލައިފައެވެ.

އެމެރިކާގެ ލަސް ވެގަސްގެ އެމްޖީއެމް ގްރޭންޑް ގާޑަން އެރީނާގައި ބުދަ ދުވަހުގެރޭ ބޭއްވި ފޯރިގަދަ ބިލްބޯޑް މިއުޒިކް އެވޯޑްސްގައި އެންމެ ކާމިޔާބު ފަންނާނަކަށް 12 އެވޯޑާއެކު ރެޕް ލަވަ ކިޔުންތެރިޔާ ޑްރޭކް ވިދާލިއިރު އޭނާއާ އެންމެ ގާތުން ވާދަކުރި ކާޑީ ބީ ވަނީ 6 އެވޯޑް ހާސިލްކޮށްފައެވެ. މި ހަފްލާގައި ރަންވަނަތައް ހާސިލްކުރި އިތުރު ފަންނާނުންގެ ތެރޭގައި، ހަތަރު އެވޯޑް އުފުލާލި މެރޫން 5 އަދި ތިން އެވޯޑް ހާސިލްކުރި އެލާ މައި އާއި އޮޒޫނާ އާއި ލިއުކް ކޮމްބްސް އަދި ލޯރެން ޑައިގަލް ހިމެނެއެވެ.

މީގެއިތުރުން، 2013 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މި ހަފްލާގައި ޓޭލާ ސްވިފްޓްގެ ފަރާތުން ހުށަހެޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން، މި ފަހަރު ޓޭލާ ހުށަހަޅައިދީފައިވަނީ އޭނާގެ އެންމެފަހުގެ ސިންގަލް "މީ!" އެވެ. މި ހަފްލާގައި ފޯރިގަދަ ހުށަހެޅުންތައް ގެނެސްދިން ފަންނާނުންގެ ތެރޭގައި ބީޓީއެސް، ޕޯލާ އަބްދުލް، ޖޯނަސް ބްރަދާސް، ހާލްސޭ، މެޑޯނާ، ޚާލިދް އަދި މިއަހަރުގެ އައިކޮން އެވޯޑް ހާސިލްކުރި މަރާޔާ ކެރީ ހިމެނެއެވެ.

މި ހަފްލާގެ ދިން ޓޮޕް އާޓިސްޓް، ގެ މަގާމާއި ޓޮޕް މޭލް އާޓިސްޓް އާއި ޓޮޕް ރެޕް އާޓިސްޓް އަދި ޓޮޕް ރެޕް މޭލް އާޓިސްޓްގެ އެވޯޑްވެސް ޑްރޭކް ހާސިލްކުރިއިރު ޓޮޕް ބިލްބޯޑް 200 އަލްބަމްގެ އެވޯޑާއި ޓޮޕް ރެޕް އަލްބަމަކަށް ހޮވުނީވެސް ޑްރޭކްގެ ސްކޯޕިއަން އެވެ. އޭނާ އަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި ޓޮޕް ބިލްބޯޑް 200 އާޓިސްޓް އާއި ޓޮޕް 100 އާޓިސްޓް އަދި ޓޮޕް ސްޓްރީމިންގ އާޓިސްޓް ހިމެނެއެވެ.

މީގެއިތުރުން ޓޮޕް ސޯންގް ސޭލްސް އާޓިސްޓް އާއި ޓޮޕް ރޭޑިއޯ ސޯންގްސް އާޓިސްޓްގެ އެވޯޑްވެސް ހޯދީ ޑްރޭކް އެވެ. ޓޮޕް ސްޓްރީމިންގ ސޯންގް (ވީޑިއޯ) އަކަށް ހޮވުނީ ޑްރޭކްގެ "އިން މައި ފީލިންގސް" އެވެ.

މި ހަފްލާގައި ރަންވަނަތައް ހާސިލްކުރި މެރޫން 5 އަދީ ކާޑީ ބީ ގެ "ގާލްސް ލައިކް ޔޫ" ވަނީ ޓޮޕް ހޮޓް 100 ސޯންގް އެވޯޑާއި ޓޮޕް ސެލިންގ ސޯންގް އަދި ޓޮޕް ރޭޑިއޯ ސޯންގްގެ އިތުރުން ޓޮޕް ކޮލަބޮރޭޝަން އެވޯޑްވެސް ހޯދައިފައެވެ. ކާޑީ ބީ އަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި ޓޮޕް ރެޕް ފީމޭލް އާޓިސްޓްގެ އެވޯޑާއި ޓޮޕް ރެޕް ސޯންގް ("އައި ލައިކް އިޓް") ހިމެނެއެވެ.

ބިލްބޯޑް މިއުޒިކް އެވޯޑްސްގެ އިތުރު އެވޯޑްތަކަށް ބަލާއިރު، ޓޮޕް އާރްއެންޑްބީ އާޓިސްޓްގެ މަގާމާއި ޓޮޕް އާރްއެންޑްބީ ފީމޭލް އާޓިސްޓް އަދި "ބޫޑް އަޕް" އިން ޓޮޕް އާރްއެންޑްބީ ސޯންގްގެ އެވޯޑްވެސް އެލާ މައި ވަނީ ހޯދައިފައެވެ.

މި ހަފްލާގައި ރަންވަނަތައް ހޯދި އިތުރު ފަންނާނުންގެ ތެރޭގައި، ޓޮޕް ކަންޓްރީ ޓުއާ އެވޯޑް ކެނީ ޗެސްނީ ހޯދިއިރު ޓޮޕް ރޮކް ޓޫއާ އަށް ހޮވުނީ އެލްޓަން ޖޯން އެވެ. މީގެއިތުރުން، ލޫކް ކޮމްބްސް ވަނީ ޓޮޕް ކަންޓްރީ މޭލް އާޓިސްޓްގެ އެވޯޑާއި ޓޮޕް ކަންޓްރީ އާޓިސްޓް އަދި ޓޮޕް ކަންޓްރީ އަލްބަމް ("ދިސް ވަންސް ފޯރ ޔޫ") އިން ހޯދާފައެވެ.

މި ހަފްލާގައި އެވޯޑް ދިން އިތުރު ކެޓަގަރީތަކުގެ ތެރޭގައި:
*ޓޮޕް ރެޕް އާއި ޓޮޕް އަރްއެންޑްބީ ޓުއާ އެވޯޑް: ބިޔޯންސޭ / ޖޭޒީ
*ޓޮޕް ރޮކް އާޓިސްޓް: އިމޭޖިންގ ޑްރެގަންސް
*ޓޮޕް ޓުއަރިންގ އާޓިސްޓް: އެޑް ޝީރަން
*ޓޮޕް ފީމޭލް އާޓިސްޓް: އެރިއަނާ ގްރަންޑޭ
*ބިލްބޯޑް ޗާޓް އެޗީވްމަންޓް އެވޯޑް: އެރިއަނާ ގްރަންޑޭ
*ޓޮޕް ކަންޓްރީ ފީމޭލް އާޓިސްޓް: ކެރީ އަންޑަވޫޑް
*ޓޮޕް ލެޓިން އާޓިސްޓް: އޮޒޫނާ
*ޓޮޕް ސައުންޑްޓްރެކް: "ދަ ގްރޭޓެސްޓް ޝޯމަން"
*ޓޮޕް ސޯޝަލް އާޓިސްޓްގެ އެވޯޑް: ބީޓީއެސް
*ޓޮޕް ޑުއޯ/ގްރޫޕްގެ އެވޯޑް: ބީޓީއެސް