Last Updated: April 19, 13:47
Friday, April 19, 2024
ދީން

ރަޝިޔާ މުސްލިމުން 20 ގަޑިއިރު ރޯދައަށް ތިބޭނެ

މާތް ވެގެންވާ ރަމަޟާން މަހަށް މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި 2 ބިލިއަނެއްހާ މުސްލިމުން ތައްޔާރުވަމުން އަންނައިރު މިފަހަރުގެ ރަމަޟާން މަހުގެ ރޯދައަށް ރަޝިޔާގައި ދިރިއުޅޭ މުސްލިމުން 20 ގަޑިއިރު ތިބޭނެއެވެ.

ފަޖުރުގެ އަލިކަން ފާޅުވުމާއެކު މުސްލިމުން މާތް ﷲ ގެ ހަޒުރަތަށް ކުއްތަންވެ ކެއުމާއި ބުއިމާއި އެހެނިހެންވެސް ދުންޔަވީ އެދުންތަކުން ދުރުވެ އިރު އޮއްސެންދެން ﷲ ހަނދުމަކޮށް ރޯދައަށް ތިބޭއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން ކޮންމެ އަހަރުވެސް ރޯދަ ހިފާ މިންވަރު ތަފާތުވެއެވެ.

ޔޫރަޕުގެ ގައުމުތަކުގައި އެހެނިހެން ކަންކޮޅުތަކަށް ވުރެ ގިނަ އިރު ރޯދައަށް މީހުން ތިބޭއިރު ދެކުނު އެމެރިކާގެ ގައުމުތަކުގެ ރައްޔިތުން ރޯދައަށް ތިބެންޖެހޭ ވަގުތުކޮޅު ކުޑައެވެ. އެންމެ ގިނަ އިރު ރޯދައަށް ތިބޭނީ ރަޝިޔާގެ މާމަންސްކްގެ މުސްލިމުންނެވެ. ރޯދަ ވީއްލައިގެން އަލުން ރޯދަ ހިފުމަށް އެރަށުގެ މުސްލިމުންނަށް ލިބޭނީ އެންމެ ތިން ގަޑިއިރެވެ.

އެންމެ މަދު ވަގުތުކޮޅެއް ރޯދަ ހިފުމުގައި ހޭދަކުރާނީ އާޖެންޓީނާގެ އުޝުއޭގެ ރައްޔިތުންނެވެ. އެއީ 11 ގަޑިއިރެވެ.