Last Updated: April 26, 20:24
Friday, April 26, 2024
ސިއްހަތު

ރޯދަ ރަހަ: އަވޮކާޑޯ ކިވީ ސްމޫތީ

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރޯދަމަހުވެސް އަޅުގަނޑުމެން ތިޔަބޭފުޅުންނާ ހަމައަށް "ރޯދަ ރަހަ"، މިނަމުގައި ރޯދަ ވީއްލުމަށް ތައްޔާރުކުރެވިދާނެ ތަފާތު އެކި ކާނާ ތައްޔާރުކުރާނެގޮތް ގެނެސްދޭނަމެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން، ރޯދަ މަހަކީ އެހެން ދުވަސްތަކާއި ޚިލާފަށް ތަންކޮޅެއް ބޮޑަށް ސިއްޙަތަށް ބަލަން ޖެހޭ މައްސަރަކަށްވުމުން، މި ރޯދަ މަހު އަޅުގަނޑުމެން ގެނެސްދޭނީ މުޅިންވެސް ސިއްޙަތައް ފައިދާހުރި ކާނާ ތައްޔާރުކުރާނެގޮތެވެ.

ތައްޔާރު ކުރެވޭނީ:

– 1 ތަށި

ބޭނުންވާ ތަކެތި:

– 1/2 އަވޮކާޑޯ ކޮށާފައި
– 1 ބޮޑު ދޮންކެޔޮ ކޮށާފައި
– 2 ކިވީ ކޮށާފައި
– 1/4 ޖޯޑު އޮރެންޖު ދިޔަ
– މާމުއި (ބޭނުން ނަމަ)

ތައްޔާރު ކުރާނެ ގޮތް:

ކޮށާފައި ހުރި އަވޮކާޑޯ، ދޮންކެޔޮ، ކިވީ އަދި އޮރެންޖު ދިޔަ ބްލެންޑަރަށް އަޅައި ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު ބޭނުން ނަމަ ރަހަލާ ވަރަށް މާމުއި އަޅައި އަނެއްކާވެސް ކުޑަކޮށް ގިރާލާށެވެ. އޭރުން ފޮނިރަހަ ހެޔޮވަރުވާނެއެވެ.