Last Updated: April 26, 15:02
Friday, April 26, 2024
މުނިފޫހިފިލުވުން

ގޭމް އޮފް ތުރޯންސްގައި ވެސް ސްޓާބަކްސް ކޮފީ

އެޗްބީއޯގެ މަޝްހޫރު ޓީވީ ސީރީޒް، ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަން މިހާރު ދައްކަމުން އަންނައިރު އާދީއްތަ ދުވަހު ދެއްކި އަށްވަނަ ސީޒަނުގެ ހަތަރުވަނަ އެޕިސޯޑުގައި މަޝްހޫރު ކޮފީ ފްރެންޗައިޒް ސްޓާބަކްސްގެ ކޮފީ ތައްޓަކާ އެކު ސީންއެއް ދައްކާލައިފިއެވެ.

އެތައް ހާސް އަހަރު ކުރީގެ ދުނިޔެއެއް، ޚިޔާލީ ވާހަކަތަކެއް މައްޗަށް ބިނާކޮށް ދައްކަމުން އަންނަ ގޭމް އޮފް ތްރޯންސް އިން ސްޓާބަކްސް ކޮފީތައްޓެއް ފެނުމަކީ ކްރޫއަށް ހެދުނު ގޯހެއް ކަމަށް ޝޯގެ ޕްރޮޑިއުސަރެއް ކަމަށްވާ ބާނީ ކްލޯފީޑް ވަނީ ކަށަވަރުކޮށްދީފައެވެ.

އެޗްބީއޯ އިން އެ ތަށި އެޑިޓްކޮށް ނަގާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމަކޮށްފައިނުވި ނަމަވެސް ގިނަ ބަޔަކު ވަނީ ޖޯކެއްގެ ގޮތުގައި ކޮފީތަށި ނަގާފައެވެ.

ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަންގެ ފަހު ދެ އެޕިސޯޑު ބާކީ އޮތް އިރު ބެލުންތެރިން ސިއްސުވާލާނެ މަންޒަރުތައް ފަހު ދެ އެޕިސޯޑުން ފެނިގެންދާނެ ކަމަށް ޝޯގެ ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ. 2011 ވަނަ އަހަރު ދައްކަން ފެށި ގޭމް އޮފް ތްރޯންސްއަކީ ރާއްޖޭގައި ވެސް ވަރަށް މަޝްހޫރު ވެގެން ގޮސްފައިވާ ސީރީސްއެކެވެ.