Last Updated: April 25, 11:18
Thursday, April 25, 2024
ޚަބަރު

މޯލްޑިވް ގޭހަށް ފުރަތަމަ ތިން މަހުގެ އާމްދަނީ 17 މިލިއަނަށް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ކުންފުނި މޯލްޑިވް ގޭހަށް މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ސާފު ފައިދާ 17 މިލިއަން އިތުރު ވެއްޖެއެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު 112.5 ޕަސެންޓް އިތުރު އަދަދެކެވެ.

މޯލްޑިވް ގޭހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ލިބިފައިވަނީ އަށް މިލިއަން ރުފިޔާ އެވެ.

އެ ކުންފުންޏަށް މި އަހަރުގެ ޖެނުއަރީ މަހު ފައިދާގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އަދި ޖެހިގެން އައި މަހު ލިބިފައިވަނީ 3.9 މިލިއަން ރުފިޔާގެ އެވެ. އަދި މާރިޗް މަހު ވަނީ 5.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މޯލްޑިވް ގޭހަށް މިދިޔަ އަހަރު 223 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.