Last Updated: March 29, 09:42
Friday, March 29, 2024
ވިޔަފާރި

ގެސްޓް ހައުސްތަކަށް ހާއްސަ މާކެޓިން ސެމިނާއެއް އައްޑޫގައި

ގެސްޓް ހައުސްތަކަށް ހާއްސަ މާކެޓިން ސެމިނާއެއް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ސެމިނާ އޮންނާނީ މި މަހުގެ 10 ދުވަހުގެރޭ 21:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

މި ސެމިނާގައި ގެސްޓް ހައުސްތައް މާކެޓްކޮށް، ހިންގާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވެއެވެ.

މި ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

އަތޮޅުގެ ރަށްތަކުގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ބާއްވާ ސެމިނާއަކީ މޯލްޑިވްސް ގެޓްއަވޭސްއާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ބާއްވާ ސެމިނާއެކެވެ.

މިފަދަ ސެމިނާއެއް އައްޑޫގައި ބާއްވާއިރު ދެކުނުގައި ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.