Last Updated: April 23, 17:29
Tuesday, April 23, 2024
ދުނިޔެ

ޕްރިންސް ހެރީގެ ދަރިފުޅުގެ ފޮޓޯ ދައްކާލައިފި

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން މާކެލް އަށް ލިބިވަޑައިގެންނެވި ފިރިހެން ދަރިކަލުންގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

ޕްރިންސް ހެރީ އަށް ފިރިހެން ދަރިކަލެއް ލިބިވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ ޕްްރިންސް ހެރީ އާއި މެގަންގެ ފުރަތަމަ ދަރިކަލުން ކަމަށްވާއިރު އެ ދަރިކަލުންނަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ދަރިކަލުންނާއެކު މިއަދު މީޑިޔާއާ ބައްދަލުކޮށް ވާހަކަދައްކަމުން މެގަން ބުނީ ދަރިފުޅު ލިބުމުން ކުރެވެނީ ވަރަށް އުފާވެރި އިހުސާސްތަކެއް ކަމަށާއި އޭނާ އަށް މިހާރު ލިބިފައިވަނީ އެންމެ ބަރާބަރު ދެ ފިރިހެނުން ކަމަށެވެ.

"ދަރިފުޅަކީ އަހަރުމެން ދެކެމުން އައި ހުވަފަނެއް. އެހެންވީމަ ފާއިތުވި ދުވަސްތަކަކީ ވަރަށް ހާއްސަ ދުވަސްތަކެއް" މަޝްހޫރު ޓީވީ ސީރީޒް ސޫޓްސްގެ ކުރީގެ ބަތަލާ ބުންޏެވެ.

އިނގިރޭސި ޝާހީ އާއިލާ އަށް ފިރިހެން ބޭފުޅަކު އިތުރުވެގެން ދިޔައިރު، އަލަށް އުފަންވެވަޑައިގަތް ދަރިކަލުން ވާނީ އިނގިރޭސި ތަހުތާ ހަތްވަނަ އަށް އެންމެ ގާތުގައި ހުންނަވާނެ ބޭފުޅަށެވެ.

ޕްރިންސް ހެރީ އަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންނެވިއިރު އޭނާގެ ބޭބޭފުޅު ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑިލްޓަނަށް ވަނީ ތިން ބޭފުޅުން މިހާތަނަށް ލިބިވަޑައިގެންފައެވެ.

ޕްރިންސް ހެރީ އާއި މެގަން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ.