Last Updated: April 24, 23:11
Thursday, April 25, 2024
ސިއްހަތު

ރޯދަ ރަހަ: ޗުރޯ ސޭންޑްވިޗް

ބޭނުންވާނެ ތަކެތި

* ޖޯޑު ފުށް + 2 މޭޒުމަތީ ސަމުސާ ހިމުން ފޮނިތޮށި އެއްކޮށްފައި
* 1 ޖޯޑު ފެން
* 2 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ
* 2 މޭޒުމަތީ ސަމުސާ ވެޖެޓެބްލް އޮއިލް
* 4/1 ސައި ސަމުސާ ލޮނު
* 2 ބިސް
* ބޭނުން ވައްތަރެއްގެ އައިސް ކްރީމް
* ތެލުލާން ތެޔޮ
* ހަކުރާއި ހިމުން ފޮނިތޮށި އެއްކޮށްފައި
* ޓިޝޫ

ތައްޔާރު ކުރާނެ ގޮތް

– ފުރަތަމަ ފުށާއި ފޮނިތޮށި ރަނގަޅަށް ފުރާނާލާ
– ދެން ތެއްޔަކަށް ފެން، ހަކުރު، ލޮނު އަދި ތެޔޮ އަޅައި ބޮކި އަރަންދެން ކައްކާލާ
– އެއަށް ފަހު މަޑުމަޑުން ފުށާއި ފޮނިތޮށި އަޅައި ރަނގަޅަށް މޮޑެލާ
– މޮޑެވުނު ފުށްގަނޑު ސްޓޭންޑް މިކްސަރަކަށް އަޅައި ޖައްސާލާ
– މޮޑެވެމުން ދާ ގަޑީގައި ފަހަރަކު ބިހެއް އަޅާފައި ރަނގަޅަށް އެއްކޮށްލާ
– އެއަށްފަހު ޕައިޕިންގ ބޭގަކަށް ފުށްގަނޑު އަޅައި، ޓްރޭ އެއްގައި ސްޓާރ ނޮޒްލްއަކުން އުޅާލިގޮތަށް ކުކީތައް ޖަހާލާ
– 15 ވަރަކަށް މިނެޓު ވަންދެން ޓްރޭ ފްރީޒަރަށްލާފައި ބަހައްޓާލާ
– ތެޔޮ ހޫނުކޮށްލާ
– ފްރީޒަރަށް ލީ ޓްރޭ ނެގުމަށްފަހު ހޫނުކުރެވިފައިވާ ތެލަށް ފަހަރަކު އެތިކޮޅެއް އަޅައި ތަނގަޅަށް ހަރުވަންދެން ތެލުލާ
– ތެލުލެވުމުން ތެލުން ނަގައި ޓިޝޫއިން ބޭރުގައި ހުރި ތެޔޮ ހިއްކާލުމަށްފަހު، ހަކުރާއި ފޮނިތޮށިއެއްކޮށްފައި ހުރި ތަށީގެ ތެރެއަށްލައި ބޭރުގައި ހަކުރުލާ
– މިގޮތަށް ހަދަމުންގޮސް ހުރިހާ ކުކީއެއް ހަދާނިމުމުން ދެކުކީގެ ދެމެދަށް އައިސްކްރީމް ލުމުން ޗުރޯ ސޭންޑްވިޗް ހެދުނީ.