Last Updated: April 26, 15:47
Friday, April 26, 2024
ވިޔަފާރި

އުރީދޫގެ ޗެއާމަން ކަމަށް ބޭފުޅަކު އައްޔަންކޮށްފި

އުރީދޫ މޯލްޑިވްސްގެ އިންޑިޕެންޑެންޓް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި އަދި އައު ޗެއާމަންގެ ގޮތުގައި ޑޭމިއަން ފިލިޕް ޗެޕަލް އައްޔަންކޮށްފި އެވެ.

ޗެޕަލް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އުރީދޫ ގަތަރުގެ ޗީފް ކޮންސިއުމަރ އޮފިސަރުގެ މަގާމުގައެވެ. އޭނާއަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި 17 އަހަރަށްވުރެ ގިނަ ތަޖުރިބާ ހޯއްދަވާފައިވާ އޮސްޓްރޭލިޔާ ގެ ރައްޔިތެކެވެ.

ޗެޕަލް ވަނީ އޮސްޓްރޭލިއާގެ ސްވައިންބާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން އެޕްލައިޑް ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއިން ބެޗަލަރސް ޑިގްރީ ހާސިލުކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރުކަމާއި ޗެއަރމަން ކަމުގެ މަޤާމަށް އައްޔަން ކުރުމާ ގުޅިގެން، ޑޭމިއަން ފިލިޕް ޗެޕަލް އަށް އެ ކުންފުނިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ޗެޕަލްގެ ޤާބިލް ލީޑަރޝިޕްގެ ދަށުން، އުރީދޫ މޯލްޑިވްސް އިން ކުރިމަގުގައި އިތުރު މޭލުގާތުތައް ކަނޑައްތުކޮށް، ގިނަގުނަ ކާމިޔާބީތައް ހޯދާނެކަމުގެ އުއްމީދުކުރާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.