Last Updated: March 29, 17:30
Friday, March 29, 2024
ސިއްހަތު

ރޯދަ ރަހަ: ކްރީމީ ބަޓާނަޓް ސްކުއަޝް ސޫޕް

ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނެސްދޭ ރޯދަ ރަހަ ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ ތަފާތު ސޫޕެކެވެ. ކްރީމީ ބަޓާނަޓް ސްކުއެޝް ސޫޕަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އެހާމެ މީރު ސޫޕެކެވެ. ރޯދަ ސުފުރާއަށް އިތުރުކޮށްލަން މިއީ ވަރަށް މީރު ސޫޕެކެވެ.

ބޭނުންވާނެ ތަކެތި:

– 1 ބަޓާނަޓް (3 ޕައުންޑް) ދިގަށް ވާގޮތަށް ފަޅިކޮށް އޮށް ނަގާފައި
– 2 ކެރެޓް ތޮށި މަށާފައި ޑައިސްކޮށްފައި
– 4/1 ޖޯޑު އޮލިވް އޮއިލް (ރޯސްޓް ކުރުމަށް)
– 2 ސައި ސަމުސާ ލޮނު
– 1 ސައި ސަމުސާ މުގުރި އަސޭމިރުސް
– 1 ބޮޑު ފިޔާ ވެޖްގޮތަށް ކޮށާފައި
– 6 ލޮނުމެދު ގާފައި
– 3-4 ޖޯޑު ލޯވ ސޯޑިއަމް ޗިކެން ބްރޮތު (ޗިކެން ސްޓޮކް ބޭޏުންކުރިއަސް އެންމެ ރަނގަޅު)
– 2 ބީފް ނުވަަތަ ކުކުޅު ބޫޔޮން ކިއުބް ހިމުންކޮށްފައި
– 2/1 ޖޯޑު ހާފް އެންޑް ހާފް ހެވީ ކްރީމް

ތައްޔާރު ކުރާނެ ގޮތް:

1. އަވަން 200°C އަށް ހޫނުކޮށްލާ. ބޮޑު ޓްރޭ އެއް ކުޑަކޮށް ގްރީސްކޮށްލާ

2. ބަޓާނަޓްގެ ދެ ފަޅި (ބަޓާނަޓްގެ ތޮށިގަނޑު ދަށަށް ވާގޮތަށް) ޓްރޭގައި ބާއްވާލާ. ކައިރީގައި ފިޔާ، ލޮނުމެދު އަދި ކެރެޓް އަތުރާލާ\

3. މައްޗަށް އޮލިވް އޮއިލް ކޮޅަކާއި، ލޮނު އަދި އަސޭމިރުސްކޮޅު އަޅައި ހުރިހާ ތަރުކާރީއެއްގައި ރަނގަޅަށް ހާކާލާ – ބަޓާނަޓްގެ އެތެރޭގައިވެސް ރަނގަޅަށް ހާކަންވާނެ

4. ބަޓާނަޓް އަނެއް ފުށަށް ޖަހައި ޓްރޭގައި ބާކީހުރި ތެޔޮކޮޅު ބަޓާނަޓްގެ ތޮށީގައި ހާކާލާ

5. ބަޓާނަޓް ރަނގަޅަށް ރޯސްޓްކޮށްލާ (55-50 މިނެޓު ވަންދެން)

6. 10 މިނެޓު ވަންދެން ފިނިކޮށްލާ. އަތް ލެވޭވަރަށް ފިނިވުމުން ބަޓާނަޓްެގެ ތޮށިގަނޑު ނޮޅާލާ

7. ބްލެންޑަރ ބޭނުންކުރާނަމަ: ރޯސްޓު ކުރެވުނު ތަރުކާރީ، 3 ޖޯޑު ސްޓޮކް ނުވަތަ ބްރޮތު އަދި ބުޔޯން ކިއުބް ބްލެންޑަރަށް އަޅާލާ ރަނގަޅަށް ބްލެންޑްކޮށްލާ. (ބްލެންޑަރގެ ބޮޑުކުޑަ މިނަށްބަލައި ބެޗުތަކަށް ބަހާލައިގެން މަސައްކަތްކުރިއަސް ރަނގަޅުވާނެ) ސޫޕް ތެއްޔަކަށް އަޅައި މަޑު ގިނީގައި ހޫނުކޮށްލާ. ސޫޕް މާބޯކޮށް ހުރިނަމަ ބާކީ ހުރި ބްރޮތު ނުވަތަ ސްޓޮކް އަޅައި ތުނިކޮށްލާ.

8. ސްޓިކް/އިމަރޝަން ބްލެންޑަރ ބޭނުންކުރާނަމަ: ހުތިހާ ތަރުކާރީ އަކާއި 3 ޖޯޑު ސްޓޮކް ނުވަތަ ބްރޮތު އަދި ބުޔޯން ކިއުބް ބޮޑު ތެއްޔަކަށް އަޅައި، މަޑު ގިނީގައި ސްޓިކް/އިމަަރޝަން ބްލެންޑަރުން ބްލެންޑްކޮށްލާ. ސޫޕް މާބޯކޮށް ހުރިނަމަ ބާކީ ހުރި ބްރޮތު ނުވަތަ ސްޓޮކް އަޅައި ތުނިކޮށްލާ.

9. ކާގަޑި ޖެހުމުން ހާފް އެންޑް ހާފް ކްރީމާއި ސޫޕް އެއްކޮށްލާ. ބޭނުންވާ ސްޕައިސްތައް ބޭނުންކޮށްގެން ރަހަ ހެޔޮވަރުކޮށްލާ (މުގުރި ފޮނިތޮށި، ނުވަތަ ނަޓްމެގް، ލޮނު، އަސޭމިރުސް)