Last Updated: April 20, 11:49
Saturday, April 20, 2024
ދުނިޔެ

ލަންކާގައި ހައްޔަރުކުރި ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ސްރީލަންކާގައި ހައްޔަރުކުރި ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މި ދެ މީހުންގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖަހާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެފަހަރު ޖެހި ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން މިހާރު ވަނީ އަނެއްކާވެސް ބަންދަށް ހަތް ދުވަސް ޖަހާފައެވެ.

އެ ދެ މީހުން ހައްޔަރުކުރީ އެމީހުން ދިރިއުޅޭ ގެއިން އައިއެސް ޖަމާއަތާ ގުޅުންހުރި ފޮތެއް ފެނުމާ ގުޅިގެންނެވެ.

މިދިޔަ މަހުގެ ފަހުކޮޅު ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ ވެސް އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ. އެ ހަމަލާގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެ ހަމަލާއަށްފަހު ލަންކާގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިޥާއިރު، ހަމަލާއާ ގުޅުންހުރި މީހުން ހޯދުމަށް ފުލުހުން އަންނަނީ ވަކިވަކިން ގެތައް ވެސް ބަލައި ފާސްކުރަމުންނެވެ.