Last Updated: April 19, 22:45
Friday, April 19, 2024
ސިއްހަތު

ރޯދަ ރަހަ: ރިހާކުރު ފޮޅި

Photo: lonumedhu.com

ރޯދަ ވީއްލުމަށް ތައްޔާރުކޮށްލާނެ އާއެއްޗަކާމެދު ފިކުރު ބޮޑުވެފަތޯ؟ މިފަހަރު މިގެނެެސްދެނީ އެކަމަށް ހައްލެކެވެ. ސުފުރާމަތި ފަޅު ފިލުވާލެވޭނެ އާ، އެކަމަކު ދިވެހި ކެއުމެކެވެ. ތައްޔާރުކުރާނެގޮތް ބައްލަވާލައްވާށެވެ.

ތައްޔާރުކުރެވޭނީ: 7 ބޮޑު ރިހާކުރު ފޮޅި

ބޭނުންވާނެ ތަކެތި:
– 1 ބޮޑު ފިޔާ
– 1/4 ސައިސަމުސާ އިނގުރު ގާނާފައި
– 1/2 ލުނބޯ
– 5 ރިހަ ފަތް
– 1 ގިތެޔޮ މިރުސް
– 1/3 ޖޯޑު ހުނި
– 1/2 ޖޯޑު މުރަނގަ ފަތް
– 1/2 ޖޯޑު ހަނޑުލު ފުށް
– 1/2 ޖޯޑު އާދައިގެ ފުށް
– 1/2 ޖޯޑު ރިހާކުރު
– 1/4 ސައިސަމުސާ ރީނދޫ
– 1/2 ސައިސަމުސާ ދިރި ހިމުންކޮށްފައި
– 1 ދަޅު މަސް
– 3 ބިސް
– 1/4 ޖޯޑު ފެން
– 1/2 ސައިސަމުސާ ލޮނު (ބޭނުން ނަމަ)

ތައްޔާރުކުރާނެ ގޮތް:
1. ފިޔާ، މިރުސް އަދި ރިހަ ފަތް ވަރަށް ތުނިކޮށް ކޮށާލާ
2. ކޮށުނު އެއްޗެހި ބޯ ތައްޓަކަށް އަޅައި، އެއަށް ލުނބޯ ފިތާލާ، ރަނގަޅަށް މޮޑެލާ.
3. ދެން އެއަށް ހުނި، ރީނދޫ، އަދި ދިރި އަޅައި މޮޑެލާ. އެއަށްފަހު މަސްދަޅު އަޅައި އެވެސް މޮޑެލާ
4. އޭގެ ތެރެއަށް ރިހާކުރާއި މުރަނގަފަތް އަޅައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާ
5. އެއަށްފަހު ދެބާވަތުގެ ފުށް (ހިމުންކުރެވިފައިކަން ޔަގީންކޮށްފައި) އޭގެތެރެއަށް އަޅާލާ. އެއަށްފަހު ބިހާއި ފެންވެސް އަޅާލާ
6. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްފައި ލޮނު އިތުރަށް ބޭނުންވާނަމަ ލޮނުކޮޅު އަޅައި ރަހަ ހެޔޮވަރުކޮށްލާ
7. ފޮޅި ފިހުމަށްޓަކައި، ފޮޅި ތަތްނުލަވާނެހެން ތަވައަކަށް ކުޑަ ތެޔޮފޮދެއް އަޅާލާ، ތަވާ ހޫނުކޮށްލާ
8. ތަވާ ހޫނުވުމުން 2 މޭޒުމަތީ ސަމުސާއަށް ވާވަރަށް ތައްޔާރުކުރެވުނު ބެޓަރ ތަވާގެ މެދަށް އަޅައި ސަމުސަލުގެ ނުފުށުން ވަށްކޮށް ފޮޅިއަކަށް ވާގޮތަށް ތުނިކޮށް ފަތުރާލާ.
9. ފޮޅީގެ ދަށްފުށް ރަނގަޅަށް ފިހެވުމުން ފޮޅި އަނެއް ފުށަށް ޖަހާލާާ، ނުވަތަ ބިސްގަނޑު މެދުން ފަށް ޖަހާލާހެން ފަށްޖަހާލާ.

މަސްދަރު: lonumedhu.com