Last Updated: April 20, 13:04
Saturday, April 20, 2024
ޚަބަރު

ލަންކާގައި އަނެއްކާވެސް ސޯޝަލް މީޑިއާ ބްލޮކް ކޮށްފި

ސްރީލަންކާގައި އަނެއްކާވެސް ގިނަ ސޯޝަލްމީޑިއާ ޕްލްޓްފޯމްތަކަށް ނުވަދެވޭގޮތަށް ބްލޮކްކޮށްފިއެވެ.

ބްލޮކްކުރި އެޕްތަކުގެ ތެރޭގައި ޔޫޓިއުބާއި އާންމުކޮށް މީހުން ބޭނުންކޮށް އުޅޭ ޗެޓް އެޕްތައް ހިމެނެއެވެ.

ފޭސްބުކްގައި ހިނގާދިޔަ ދެބަސްވުމަކާއި ގުޅިގެން ލަންކާގެ ޗިލޯގައި ފެށުނު ހިތްހަމަނުޖެހުމާއި ގުޅިގެން ބަޔަކުވަނީ މުސްލިމުން ހިންގާ ފިހާރަތަކަށާއި މިސްކިތްތަކަށް ގެއްލުންދީފައެވެ.

އެޤައުމުގެ އިމްފޮމޭޝަން ޑިޕާޓްމެންޓުން މައުލޫމާތު ދިންގޮތުގައި އެގައުމުގައި އެޕްތައް ބްލޮކްކުރަން ނިންމާފައިވަނީ މިހަމަނުޖެހުންތަކާއި ގުޅިގެން ސައްޙަ ނޫން މަޢުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައެވެ. އިތުރަށް މައުލޫމާތު ލިބިފައިވާގޮތުގައި، ފޭސްބުކްގައި ހަމަނުޖެހުން އުފެދެން މެދުވެރިވާގޮތަށް ވާހަކަ ދެއްކި މީހާ މިހާރުވަނީ ހައްޔަރުކުރެވިފައެވެ.

މިދިޔަ އޭޕްރިލްމަހުގެ 21 ވަނަ ދުވަހު އައިސިސްއާއި ގުޅުންހުރި ބަޔަކު ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާތަކެއްގައި 300 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާއާއި ގުޅިގެން ލަންކާގައި ސޯޝަލްމީޑިއާ ބްލޮކްކުރި މިއީ 3 ވަނަ ފަހަރެވެ.