Last Updated: May 25, 20:48
Saturday, May 25, 2019
ޚަބަރު

ރޯދަ ރަހަ: ޕިރިނީ

އާންމުކޮށް ދިވެހިން ގިނަ ހަފްލާތަކާއި އެއްވުންތަކުގައި ފޮނި ކެއުމެއްގެ ގޮތުގައި ބޭނުންކުރާ ޕިރިނީ ކެއްކުމުގައި ގިނަ ބަޔަކު ބޭނުންކޮށް އުޅެނީ ރަވާ ނުވަތަ ސޫޖީއެވެ. އެހެން ނަމަވެސް މިފަހަރު މިގެނެސްދެނީ ހަނޑޫ ބޭނުންކޮށްގެން ފަސޭހަ ކަމާއެކު ތައްޔާރުކޮށްލެވޭނެ ޕިރިނީއެކެވެ.

ބޭނުންވާނެ ތަކެތި:
– 1 ޖޯޑު ހަނޑޫ (ބޮޑުކޮށް މުގުރާފައި)
– 2 ރާނބާ ފަތް (3 އިންޗި)
– 1 ދަޅު ގެރިކިރު
– 6 ޖޯޑު ފެން
– 1/2 ޖޯޑު ހަކުރު
– 2 ސައި ސަމުސާ ވެނީލާ އެސެންސް
– 1/4 ޖޯޑު ހިމުން ފޮނިތޮށި
– 1/4 ޖޯޑު ކާފޫރު ތޮޅި

ތައްޔާރު ކުރާނެ ގޮތް:
1. ރާނބާފަތާއި ހަކުރު ފެނަށް އަޅައި ބޮކި އަރަންދެން ކައްކާލާ. އެވަރަށް ކެއްކުމުން، މަޑު ގިނިއަށް ލައި ހަނޑޫ އަޅާ ދޭފަތުން މަޑުމަޑުން ހަލަމުން ގެންދޭ
2. ގަނޑުގަނޑު ނުއުފެދޭނެހެން ދޭފަތުން ހަލަމުން، ގެރިކިރު އަޅާލާ
3. ވެނީލާ އެސެންސް އަޅައި، 2 މިނެޓު ވަރު ވަންދެން މަޑު ގިނީގައި ކައްކާލާފައި އުނދުން ނިވާލާ
4. ރާނބާފަތް ނަގާލައި، ބާކީ ހުރި ބައި 2 އިންޗި ޓްރޭއަކަށް އަޅާލާ
5. ފޮނިތޮއްޓާއި ކާފޫރު ތޮޅި ކުނޑި އެއްކޮށްފައި އޭގެ މައްޗަށް އެއްވަރަކަށް އަޅާލާ
6. ކާންޖެހެންދެން ފިނިކޮށްލުމަށް ފްރިޖަށްލާފައި ބަހައްޓާ.