Last Updated: April 23, 12:16
Tuesday, April 23, 2024
ދުނިޔެ

މިރޭ 9 އިން ފެށިގެން ލަންކާގައި ކާފިއު ހިންގަނީ

ސްރީލަންކާގައި މިރޭ ކާފިއު ހިންގުމަށް އެގައުމުގެ ފުލުހުން ނިންމައިފިއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ ކާފިއު ހިންގުމަށް ހަމަޖެހިފައިވަނީ މިރޭ 9 އިން ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށް ކަމަށެވެ.

ލަންކާގައި ކާފިއު ހިންގަން ނިންމިއިރު އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ހުރި ފިހާރަތަކަށާއި މިސްކިތްތަކަށް ފާއިތުވި ދެ ދުވަހު ވެސް ވަނީ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކާ ގުޅިގެން ލަންކާގައި ބައެއް ސަރަހައްދުތަކުގައި މިއަދުގެ އެކި ވަގުތުތަކުގައި މީގެކުރިން ވެސް ވަނީ ކާފިއު ހިންގަން ފަށާފައެވެ.

މުސްލިމުންނަށް އަމާޒުކޮށް ލަންކާގެ ގްރޫޕްތަކަކުން ހަމަލާތައް ދޭން ފަށާފައިމިވަނީ، މިދިޔަ މަހުގެ ފަހުކޮޅު ލަންކާގެ ބައެއް ފައްޅިތަކަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެކަމުގެ ބަދަލު ހިފުންތަކެެއްގެ ތެރެއިން ހިނގަމުންދާ ހަމަނުޖެހުންތަކެކެވެ.

ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އެ ހަމަލާގެ ޒިންމާ އައިއެސް ހަނގުރާމަވެރި ޖަމާއަތުން ވަނީ އުފުލާފައެވެ.