Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

މަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް

އައްޑޫ ސިޓީ މަރަދޫ ބަނދަރު ސަރަހައްދުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ބަނދަރު ސަރަހައްދުގައި ދެ ސައިކަލު ޖެހިގެންނެވެ. އެއް ސައިކަލު އަނބުރާލި ވަގުތު ފަހަތުން އައި ސައިކަލެއް ޖެހި އެކްސިޑެންޓުވީ ކަމަށް މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދީފައިވެއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ ދެމީހުންނަށް ކަމަށާއި ދެމީހުންނަށް ވެސް މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މިހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް އައްޑޫލައިވްއަށް އެނގިފައިވެއެވެ.