Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު 5000 އަށް އިތުރު ކުރާނެ: އުމަރު

އުމަރު ނަސީރު - ފޮޓޯ: ވީނިއުސް

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު 5000 އަށް އިތުރުކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ރޭ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަށް ލިބިފައިވާ މައުލޫމާތު ކުށް ކަމުގައި ނުވާނަމަ އެކިއެކި ނަން ނަމުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ކުރިއަށް އޮތް ތަނުގައި 5000 އަށް އިތުރު ކުރާނެ ކަމަށެވެ.

"ސެނަހިޔާ ހޮސްޕިޓަލްގެ ޕްލޭން އަކީ މިކަމަށް އިތުރުކޮށްލާ ބޮޅެއް. އިރާދަކުރެއްވިއްޔާ ހުރިހާ އިންޑިއާ ސިފައިން މި ގައުމުން ބާލާނަން" އުމަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިިއާ އަށް ވުރެ ބޮޑަށް ގުޅުން ބަދަހި ކުރަމުންދިޔައީ ޗައިނާ އަށް ކަމަށްވީ ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އަލުން ވަނީ އިންޑިއާ އާއެކު ގުޅުން ބަދަހި ކުރަން ފަށާފައެވެ.

އިންޑިއާ ސިފައިން ބާލާނެ ކަމަށް އުމަރު ވިދާޅުވިއިރު މީގެކުރިން އޭނާ ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގައުމީ ހަރަކާތެއް ފެށުމަށް ވެސް މަސައްކަތް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު އިދިކޮޅު ފަރާތްތަކުގެ އަޑު މަޑުވެފައިވާއިރު، އިދިކޮޅު ފަރާތްތައް ލީޑު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ވެސް މިހާރު ފެންނަނީ އުމަރުއެވެ.