Last Updated: April 19, 06:24
Friday, April 19, 2024
ދުނިޔެ

ދެ ފްލައިޓެއް އެކްސިޑެންޓުވެ ފަސް މީހަކު މަރުވެއްޖެ

އެކްސިޑެންޓުވި ވައްތަރުގެ ފްލޯޓްޕްލޭންއެއް-

އެމެރިކާގެ އަލަސްކާ މަތިން އުދުހެމުން ދިޔަ ދެ މަތިންދާބޯޓު ޖެހި ހިނގި އެކްސިޑެންޓުގައި ފަސް މީހުން މަރުވެ އެކަކު ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

މި ދެ ބޯޓަކީވެސް އެކްކާޝަން ކްރޫޒްއެއްގެ ފަތުރުވެރިން އަރުވައިގެން ވެންކޫވާއަށް ދިޔަ ދެ ބޯޓެވެ. ދެ ބޯޓުގައި ޖުމުލަ 14 މީހަކު ތިބިއިރު މަރުވި މީހުންގެ ތެރޭގައި ހަތަރު ފަތުރުވެރިންނާއި އެއް ޕައިލެޓަކު ހިމެނެއެވެ.

އެމެރިކާ ކޯސްޓު ގާޑުން މިހާރު ގެއްލުނު މީހާ ހޯދަން މަސައްކަތް ފަށާފައިވާއިރު ކަމާ ބެހޭ އެހެން އިދާރާތަކުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ވެއްޓުނު ބޯޓުގައި ތިބި 10 މީހަކު އެސަރަހައްދުން ދިޔަ ބޯޓަކުން ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ސީރިއަސް އަނިޔާތަކެއް ލިބި ކުއްލި ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައެވެ. ދެން ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އެންބީސީ ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ.