Last Updated: July 4, 06:42
Friday, July 4, 2025
ޚަބަރު

ހިތަދޫ ހޮސްޕިޓަލަށް 16 އޭސީ ދޭން ކައުންސިލުން ނިންމައިފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް 16 އޭސީ ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން ހޮސްޕިޓަލަށް އޭސީ ދިނުމަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން ހޮސްޕިޓަލަށް ދޭން ނިންމި އޭސީ ތަކަކީ 17 ވަނަ ސާކް ސަމިޓަށް ހިތަދޫގައި އެޅި ކޮންވެންޝަން ސެންޓަރު ރައީސް ޔާމީންގެ ސަރުކާރުން ރޫޅާލިއިރު ނެއްޓި އޭސީ ތަކުން އޭސީ ތަކަކެވެ.

އީސީސީ ރޫޅާލައި އެތަނުން ނެގި ސާމާންތަކުން ބައެއް ސާމާން އޭރުގެ ސަރުކާރުން އެކި ތަންތަނަށް ގެންގޮސްފައިވާ އިރު ބައެއް ސާމާން ވަނީ ހައުސިން ޑިޕާޓްމަންޓު އޮފީސް ހިންގި ބިމުގައި ބޮޑު ގުދަނެއް އަޅައި އެތަނުގައި ބަހައްޓާފައެވެ.

ޔާމީންގެ ވެރިކަން ނިމުމުން އެތަކެތި މިހާރުވަނީ ކައުންސިލާއި ހަވާލުކޮށްފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އީސީސީން ނެއްޓި 16 އޭސީ ދިނުމަށް ކައުންސިލުން ނިންމި އިރު ހޮސްޕިޓަލްގެ ވޯޑުތައް އޭސީ ކުރުމުގެ މަސައްކަތް ހޮސްޕިޓަލުން ވަނީ ފަށާފައެވެ.