Last Updated: April 19, 10:13
Friday, April 19, 2024
ޚަބަރު

"ހޭ ފެސްޓިވަލް" އަންނަ އަހަރު އައްޑޫގައި ބާއްވަނީ

"ހޭ ފެސްޓިވަލް" އަންނަ އަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

ހޭ ފެސްޓިވަލްއަކީ އިނގިރޭސިވިލާތުގެ ވޭލްސްގައި އަހަރަކު އެއް ފަހަރު ބާއްވަމުންގެންދާ ތަޤާފީ އަދި އަދަބީ ފެސްޓިވަލެކެވެ. މިފެސްޓިވަލް މިހާރު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބާއްވަމުން ގެންދެއެވެ.

އެގޮތުން އަންނަ އަހަރު މި ފެސްޓިވަލް އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ފެސްޓިވަލަކީ އައްޑޫގެ ތާރީހާއި، ތަޤާފަތާއި އަދި ތަރިކަ ޕްރޮމޯޓް ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށް ވެެގެންދާނެ ކަމަށެވެ. މި ފެސްޓިވަލް ބާއްވާނެ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ހޭ ފެސްޓިވަލް އެންމެފަހުން ރާއްޖޭގައި ބާއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ.

އެ ފެސްޓިވަލް އެ ފަހަރު ބޭއްވީ އާ ރަށުގައި ކަމަށްވާއިރު، އެ ފެސްޓިވަލުގައި އެކި ފަންނުތަކުން ފާހަގަކޮށްލެވޭ މީހުންނާއި ހުނަރުވެރިން ބައިވެރިވިއެވެ.