Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަނީ

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

މާލޭ ސިޓީ ކައުންސިލުން މިގޮތަށް މިރޭ ފާސްކުރި ނަމަވެސް އެ ނިންމުން ތަންފީޒު ކުރާނީ އުސޫލުތަކެއް ކަނޑައެޅުމަށްފަހު ހަ މަސް ފަހުންނެވެ.

އާއްމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރުވެސް ގާނޫނުގައި މަނާކޮށްފައިވާ ކަމެކެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާއިން ޖޫރިމައިނާ ކުރަންޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

ނަމަވެސް އެ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިފައެއް ނުވެއެވެ.