Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

ލުތުފަރު މަރާލީ އެއްޖިންސުން ގުޅުން ހިންގުމުން: ފުލުހުން

ށ. ޅައިމަގުން މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ހަށިގަނޑުގެ ބައިތަކުން ފެނުނު އެރަށު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއް ކަމަށްވާ ލުތުފަރު ވަނީ މަރާލާފައި ކަމަށާއި އޭނާ މަރާލީ، ބޯޓުގެ އެހެން ފަޅުވެރިޔަކާ އެއްޖިންސުން ގުޅުން ހިންގަން މަސައްކަތް ކުރުމުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ލުތުފަރުގެ މަރާ ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް އިން ހިންގި ތަހުގީގާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ދެމުން އެ ޑިޕާޓްމަންޓުގެ ހެޑް ސުޕްރިޑެންޓް އޮފް ޕޮލިސް ހަޝަން ޝިފާއު ވިދާޅުވީ އޭނާ މަރާލާފައިވަނީ ހަތަރު މީހުން ވެގެން ކަމަށާއި ހަތަރު މީހުންނަކީވެސް ބިދޭސީން ކަމަށެވެ.

އެ ހަތަރު މީހުން ވެސް ފުލުހުން މިހާރު ހައްޔަރުކޮށްފައިވާއިރު އެމީހުން ތަހުގީގަށް ކިޔާދީފައިވާ ގޮތުގައި، ލުތުފަތު މަރާލުމަށްފަހު މޫދަށް ދޫކޮށްލީ އެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި ލުތުފަރު މަރާލުމަށް ފަހު ފުރަތަމަ ހަތަރު މީހުން ކުރި ކަމަކީ އޭނާގެ ހެދުން ބަދަލުކުރުމަށް ފަހު ނިދާ ތަނުގައި ބޭއްވީއެވެ. އެކަން އެގޮތަށް ކުރީ ބޯޓަށް ބަޔަކު އަރައި ލުތުފަރު ކޮބައިތޯ ބަލައިފިނަމަ އޭނާ ނިދަން އޮތް ކަމަށް ދެއްކުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެއަށްފަހު ލުތުފަރުގެ ގައިގައި ވާ އެއްސުމަށް ފަހު މޫދަށް ތިރިކޮށްފައިވާއިރު ލުތުފަރު ކަނޑުފައްތާލީ ތިން ބަސްތާ އާއި 20 ލީޓަރުގެ ކުކިން އޮއިލް ހަން ހަރުކުރުމަށް ފަހުގައެވެ. ފުލުހުން ވަނީ އެހިސާބު ކަނޑުގެ ސަރަހައްދުން އިންސާނެއްގެ ކަށިތަކާއި ތަހުގީގަށް ކިޔާދީފައިވާ ފަދައިން ބަސްތާތަކާއި ވާ ވެސް ހޯދާފައެވެ.

ލުތުފަރު މަރާލާފައިވަނީ ކަރުގައި ހިފައިގެން ކަމަށާއި ބޯޓުން މީހަކު ހަޅޭއްލެވި ކަމަށް އާންމުން ވެސް ވަނީ ކުރިން ބުނެފައެވެ. ނަމަވެސް ބިދޭސީން ވަނީ އެއީ އޭނާގެ އަންހެނުންނަށް ގުޅައިގެން އެ ދެމީހުން ދެމެދު ކުރި ޒުވާބެއް ކަމަށް ބުނެފައެވެ.

ލުތުފަރާއި ދެން ތިބި ބިދޭސީން މަސައްކަތް ކުރި ބޯޓަކީ މާލެއަށް ތަރުކާރީ އުފުލާ ބޯޓެކެވެ.