Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ސިޓީ ސްކެއާއިން ނެގި ރުއްތަކުގެ ބަދަލުގައި 52 ރުއް އިންދައިފި

އައްޑޫ ސިޓީ ސްކެއާއިން ނެގި 26 ރުކުގެ ބަދަލުގައި ކައުންސިލުން 52 ރުއް އިންދައިފިއެވެ.

ކައުންސިލުން އިންދާފައިވަނީ ނެގި ރުއްތަކުގެ ބަދަލުގައި ކުދި ރުއްތަކެވެ. މާކިޅި ސަރަހައްދު ޕާކުގައި މިއަދު ބޭއްވި ރުއް އިންދުމުގެ ޕްރޮގްރާމުގައި މޭޔަރ އަބްދުﷲ ސޯދިގާއި ޑެޕިއުޓީ މޭޔރަ މުހައްމަދު ޔަސްރިފްގެ އިތުރުން ކައުންސިލަރުންނާއި އާންމު ރައްޔިތުން ވެސް ބައިވެރިވެފައިވެއެވެ.

ސިޓީ ސްކެއާ ތަރައްގީ ކުރުމަށް އެތަނުގައި ތިބި ހުރިހާ ރުކެއް ނަގާފައިވާއިރު އީޕީއޭއިން ބުނެފައިވަނީ ރުއް ނެގުމުގެ ހުއްދަ ދިނީ އެ ރުއްތައް އަލުން އިންދާނެ ކަމުގެ ޔަގީންކަން ކައުންސިލުން ދިނުމުން ކަމަށެވެ.

ނަމަވެސް އެތަނުން ބައެއް ރުއްތަކަކީ ވަރަށް މުސްކުޅި ވެފައިވާ ރުއްތަކަށް ވާތީ އެ ރުއްތައް އަލުން ނުޖެހޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ބުނީ ސިޓީ ސްކެއާ ތަރައްގީ މަޝްރޫއު ނިމޭއިރު އާންމު ރައްޔިތުންނަށް ވަރަށް ހިތްގައިމު ހިތްފަސޭހަ ތަނެއް ބިނާ ވެގެން ދާނެ ކަމަށެވެ.